
ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ ނަފްރަތުގެ ލޭބަލްތައް އެޅުވުން ހުއްޓާލަން ޝާހިދު ގޮވާލައްވައިފި
# އަބްދުالله ޝާހިދު--
ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ އެމީހުން މަސައްކަތްކުރަނީ ޤައުމުގެ މިނިވަންކަން ނަގާލުމަށްކަމަށް ބުނެ ލޭބަލްކުރުން ހުއްޓާލަން ޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީ އިން ހުކުރު ދުވަހުގެ ހެނދުނު ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފްރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުންކަމަށެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން ކުރުން ހުއްޓާލަން ގޮވާލައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.
"ނަފްރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލްކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ޤައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސް ވެވެން ޖެހޭނެ" ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަކީ ދިވެހިންކަމަށް އެއްބަސް ވެވެން ޖެހޭ."
އަޅުގަނޑުމެން އެންމެންގެ މަގްސަދަކީ އިސްލާމް ދީން ޙިމާޔަތްކޮށް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އަޅުގަނޑުމެން އެންމެންނަށް އެއްބަސްވެވެން ޖެހޭކަންކަންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތްކަމަށާއި އެވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަންދުވަހު އެކަމާ ދެކޮޅަށް ހަދަން ޖެހޭ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށާއި މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
ގުޅުންހުރި

ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ ނަފްރަތުގެ ލޭބަލްތައް އެޅުވުން ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

މިއީ ލީޑާޝިޕްގެ ބޭފުޅުން އިސްތިއުފާ ދޭންޖެެހޭ ވަގުތު ކަމުގައި ގަބޫލެއް ނުކުރަން: ފައްޔާޒް

ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވެއްޖެ
(1).jpg&w=3840&q=75)