
--
ރޯހިތް ޝެޓީ ހޯސްޓްކުރާ ސްޓަންޓް ޝޯ 'ޚަތުރޯން ކޭ ކިލާޅީ 15' އިން އެންމެ ފުރަތަމަ ކެޓި ބައިވެރިއަކަށް ޓީވީ އެކްޓަރ ވިޝާލް އާދިތްޔަ ސިންގް ވެއްޖެއެވެ.

އޭނާ ޝޯއިން ވަކިވާން ޖެހުނީ ހަރުފަތަކަކާ އެކު ހަދަންޖެހުނު އެލިމިނޭޝަން ސްޓަންޓަކުން އެންމެ ދަށް ނަތީޖާ ލިބުމާ ގުޅިގެންނެވެ.
މި ސްޓަންޓުގައި ވިޝާލްއާ ވާދަކޮށްފައިވަނީ ރުހާނިކާ ދަވަން އަދި ރުބީނާ ދިލައިކް އެވެ. މި ތިން ތަރިން ބޮޓަމް ތްރީއަށް ދިޔައީ އޭގެ ކުރިން އޮތް ހޫނު ވެކްސް ބޭނުންކޮށްގެން ހެދި ސްޓަންޓަކުން ހާރޝް ގުޖްރާލް މޮޅުވެ، އޭނާ ސަލާމަތްވުމާ ގުޅިގެންނެވެ.
އެލިމިނޭޝަން ސްޓަންޓްގައި މި ތިން ބައިވެރިން ޖެހުނީ ހަރުފަތަކުން ފުރިފައިވާ ބިއްލޫރި ފޮށްޓެއްގެ ތެރެއަށް ވަދެ، އެކި ވައްތަރުގެ ހަރުފަތައް ފޮޓޯއިން ދެނެގަންނާށެވެ.
ވިޝާލް އަށް ރަނގަޅަށް ދެނެގަނެވުނީ އެންމެ 3 ހަރުފައެވެ. ނަމަވެސް ރުހާނިކާ 4 ހަރުފަ އަދި ރުބީނާ 5 ހަރުފަ ދެނެގަނެގެން ޝޯގައި ކުރިއަށް ދިއުމުގެ ފުރުސަތު ހޯދިއެވެ. އެންމެ ދަށް ނަތީޖާއާއެކު ވިޝާލްއަށް ޖެހުނީ ޝޯއާ އަލްވަދާއު ކިޔާށެވެ.
ވިޝާލް ކަޓައިގެން ދިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ގިނަ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުމާއި މާޔޫސްކަން ފާޅުކޮށްފައެވެ. އޭނާއަކީ ޝޯ ފޯރިގަދަކޮށްދިން މުނިފޫހިފިލުވައިދޭ ތަރިއެއްކަން ފާހަގަކޮށް، ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގައި އޭނާ އަލުން ޝޯއަށް ގެނައުމަށްވެސް ބައެއް ފޭނުން ދަނީ ގޮވާލަމުންނެވެ.
ގުޅުންހުރި

ކާރު އެކްސިޑެންޓަކުން އޭ.އާރް ރަހުމާންގެ ދަރިފުޅު އަމީން ސަލާމަތްވެއްޖެ

ރަވީ ކިޝަން އޭނާގެ ވައިރަލް މީމްތަކާ ގުޅޭގޮތުން ވާހަކަދައްކައިފި

ތަބޫގެ 'ޕާސަނަލިޓީ ރައިޓްސް' ހިމާޔަތްކުރުމަށް ދިއްލީ ހައިކޯޓުން ބޮޑު އަމުރެއް ނެރެފި




