
--
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން އެކުގައި ފެނިގެންދާ ސަސްޕެންސް ތްރިލަރ ފިލްމު "ހައިވާން" ގެ ޓީޒަރ އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ކުޅަދާނަ ޑައިރެކްޓަރ ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ މި ފިލްމަކީ 2026 ވަނަ އަހަރު ސިނަމާތަކަށް އަންނާނެ އެންމެ ބޮޑު އެއް ފިލްމު ކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދުކުރަމުންނެވެ.
އޮގަސްޓް 12 ގައި ނެރޭ ޓީޒަރ އާއެކު ފިލްމުގެ ވާހަކައިގެ ކުޑަ މިންވަރެއް ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މި ފިލްމުގެ އެންމެ ޚާއްޞަ އެއް ކަމަކީ އެތައް އަހަރުތަކަކަށްފަހު އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން އެއް ސްކްރީނަކުން ފެނިގެންދިއުމެވެ.
މި ދެ ތަރިންގެ އިތުރުން ޝްރިޔާ ޕިލްގާއޮންކަރް، ސައިޔާމީ ޚޭރް، ބޯމަން އިރާނީ އަދި ޖިއްޝޫ ސެންގުޕްތާ ފަދަ މޮޅެތި ތަރިން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި މަލަޔާޅަމް ސިނަމާގެ މަޝްހޫރު ތަރި މޯހަންލާލްގެ ޚާއްޞަ ފެނިލުމެއްވެސް މި ފިލްމުގައި ހިމެނޭކަމަށް ޕްރިޔަދަރްޝަން ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ.
ކޭވީއެން ޕްރޮޑަކްޝަންސް އަދި ތެސްޕިއަން ފިލްމްސް އިން ޕްރޮޑިއުސްކުރާ "ހައިވާން" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ 2026 ގައެވެ.
ގުޅުންހުރި

ރަވީ ކިޝަން އޭނާގެ ވައިރަލް މީމްތަކާ ގުޅޭގޮތުން ވާހަކަދައްކައިފި

ތަބޫގެ 'ޕާސަނަލިޓީ ރައިޓްސް' ހިމާޔަތްކުރުމަށް ދިއްލީ ހައިކޯޓުން ބޮޑު އަމުރެއް ނެރެފި

ކޮންމެ އަންހެނަކުވެސް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން ޕްރިޔަންކާ ޗޯޕްޅާ ހަނދާންކޮށްދީފި




