logoEN
WAMCO TOP 1
ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން: 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން: 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި

އަހުމަދު ޝުރާއު

logo

8/10/2026, 8:01:42 AM

# ދިވެހި ސިފައިން

-

"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހިތާމަވެރި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހިންގާ ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 9,482 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފުން މިކަން ހާމަކޮށްފި މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަނޑާއި ވައިގެ މަގުން 9,482 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބެލިފައިވީނަމަވެސް މިހާތަނަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުންވެސް ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވާ ކަމަށެވެ.

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން 7512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މި އޮޕަރޭޝަނުގައި ވައިގެ މަގުން މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން އަންނަނީ ބޭނުންކުރަމުންނެވެ. އަދި ކަނޑުމަގުން ބަލައި ފާސްކުރުމަށް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް (SA038, SA037) ގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ފްރެންޑް 4 ދޯންޏަށް ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބިގެން، އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ ގުޅިފައިވާ ޓީމަކުން ދޯންޏަށް އަރައި ހަރަކާތްތެރިވަމުން ދަނިކޮށް ދޯނި ބަންޑުންޖަހާލައިގެންނެވެ.

މި ހާދިސާގައި ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އެ ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.

މި ހާދިސާގައި ގެއްލިގެން މެދުކެނޑުމެއްނެތި ހޯދަމުންދަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެ ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.

ދޯނި އަޑިއަށްދިޔަ ސަރަހައްދަކީ ގާތްގަނޑަކަށް 1,645 މީޓަރު (1.6 ކިލޯމީޓަރު) ގެ ފުންމިން ހުރި ސަރަހައްދެއް ކަމަށް ސިފައިން ލަފާކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC