logoEN
WAMCO TOP 1
އަލިފާނުގެ ހާދިސާގައި ހިޔާ ފްލެޓަކަށް ބޮޑެތި ގެއްލުންތަކެއް!

އަލިފާނުގެ ހާދިސާގައި ހިޔާ ފްލެޓަކަށް ބޮޑެތި ގެއްލުންތަކެއް!

އަހުމަދު ޝުރާއު

logo

7/19/2026, 9:48:33 AM

# ދިވެހި ސިފައިން

-

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު މެންދުރު ބާރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

THE TRAVELLER AD

އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ހިތްވަރުގަދަ ފަޔަރފައިޓަރުން ކުރި މަސައްކަތުން އެއްކޮށް ނިއްވާލާފައެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 8 ގެ 19 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ.

ރިޕޯޓު ލިބުމާއެކު، ސިފައިންގެ ފަޔަރ ވެހިކަލްތަކާއި ޓީމުތައް ވަނީ ލަސްނުކޮށް އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާގައި ނަސީބަކުން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން އެ އެޕާޓްމަންޓުގެ ބަދިގެއަށާއި އެތަނުގައި ހުރި ބައެއް ސާމާނުތަކަށް އެކި ވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ފަހުގެ
HDC