.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
އައްޑޫ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 711 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލައިބީރިއާގެ ފްލެގްގައި ދުއްވާ "އެމްއެސްސީ ލިއާން" ނަމަކަށް ކިޔާ މުދާއުފުލާ ބޮޑު ބޯޓެއްގައި ހުރި ފަސިންޖަރެއްގެ ބަލިހާލަތު ކުއްލިއަކަށް ގޯސްވެގެން އެހީތެރިކަމަށް އެދުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކާމިޔާބުކަމާއެކު އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓް އުޅަނދެއް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.
އެގޮތުން އައްޑޫ އަތޮޅުގެ 5 މޭލު ބޭރުން ބޯޓާ ކައިރިކޮށް، ހާލުބޮޑުވި ބަލިމީހާ ވަނީ ކޯސްޓްގާޑުގެ އުޅަނދަށް ނަގާފައެވެ.
އެއަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމުން ވަނީ ބަލިމީހާ އިތުރު ފަރުވާއަށް އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުންނާއި ރާއްޖެއާ ކައިރިން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރުގައި ތިބޭ ބަލިމީހުންނަށް އިމަރޖެންސީ ހާލަތްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް އަންނަނީ ޚާއްސަ އިސްކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
.jpeg?w=3840&q=75)






