
ގ. މިތުރު ގޭގައި ރޯވުން: އަލިފާން ރޯވީ ގޮދަޑި މަތީގައި އޮތް އިލެކްޓްރޯނިކް ވަސީލަތެއްގައި ކަމަށް ބެލެވޭ!
# ދިވެހި ސިފައިން-
ގ މިތުރު ގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގީ އެގޭގެ ކޮޓަރިއެއްގައި އޮތް ގޮދަޑިއެއްގައި އަލިފާން ރޯވެގެން ކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ގ. މިތުރު ގޭގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި ހުރި ގޮދަޑިއެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:45 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ އޮޕަރޭޝަން ފަށާފައެވެ.
އެމްއެންޑީއެފުން ބުނީ ފަޔަރފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު މުޅި ގޭގެ އެހެން ތަންތަނަށް ފެތުރިގެން ދިޔަނުދީ، ކުރު މުއްދަތެއްގެ ތެރޭގައި އެކީ ނިއްވާލާފައެވެ. މި ހާދިސާ ހިނގި ވަގުތު ކޮޓަރީގައި ބަޔަކު ތިބި ކަން އަދި މިހާތަނަށް ކަށަވަރުވެފައި ނުވި ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަން ފުލުހުންނާއި ސިފައިންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާއިރު، ބެލެވޭ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ގޮދަޑި މަތީގައި އޮތް އިލެކްޓްރޯނިކް ވަސީލަތެއްގައެވެ.
މިހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ކޮޓަރިއަށާއި މުދަލަށް ގެއްލުންތައްވަނީ ލިބިފައި އެވެ.
ގުޅުންހުރި

އައްޑޫ ކައިރިން ދަތުރުކުރި ބޭރުގެ މުދާއުފުލާ ބޯޓެއްގެ ބަލިމީހަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެދީފި

ގ. މިތުރު ގޭގައި ރޯވުން: އަލިފާން ރޯވީ ގޮދަޑި މަތީގައި އޮތް އިލެކްޓްރޯނިކް ވަސީލަތެއްގައި ކަމަށް ބެލެވޭ!

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި 137 ދަރިވަރުން ދަސްވެނިވެއްޖެ، އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް ނަޒީހު!




