
ރާއްޖެ ސުޕަރ ލީގް ވޯލީބޯޅަ ޗެމްޕިއަންޝިޕް 2026 ވ. ފެލިދޫ އިން ކާމިޔާބުކޮށްފި
# ރާއްޖެ ސުޕަރ ލީގު ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026# ދިވެހި ކުޅިވަރުވ. ފެލިދޫގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ރާއްޖެ ސުޕަރ ލީގް ވޯލީބޯޅަ ޗެމްޕިއަންޝިޕް 2026" ވ. ފެލިދޫ އިން ކާމިޔާބުކޮށްފި އެވެ.

ފެލިދޫ އިން މުބާރާތް ކާމިޔާބުކުރީ އާދިއްތަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު ފައިނަލުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބ.ގޮއިދޫ ބަލިކުރުމަށްފަހުއެވެ.
މެޗަކުން ބަލިނުވެ މުބާރާތުގެ ފައިނަލުން މިދެޓީމު ޖާގަ ހޯދިއިރު، ފެލިދޫ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ތ. ހިރިލަންދޫ ބަލިކުރުމަށްފަހު އެވެ. އަދި ގޮއިދޫ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން. ލ. ފޮނަދޫ ބަލިކުރުމަށްފަހު އެވެ.
ފައިނަލު މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ފެލިދޫ އިން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުނެވެ. އަދި ދެވަނަ ސެޓުގައި ފެލިދޫގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 16-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ގޮއިދޫ އިން ކުޅުން ރަނގަޅުކުރިއިރު، މިސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު ފެލިދޫ އިން ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވ.ފެލިދޫ ޓީމުގެ މުރާދު ޖީހާން އެވެ.
މުބާރާތުގެ ޑްރީމް:
އަލީ ހުޒާމް ( ވ. ފެލިދޫ ) އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ
ޝަމާއިލް ހުސެއިން ( ބ.ގޮއިދޫ ) އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ
މުހައްމަދު ލަތްފާން އަލީ (ބ. ގޮއިދޫ ) އެންމެ މޮޅު މިޑިލް ބްލޮކަރ
އިބްރާހިމް ފަޒީލް (ބ. ގޮއިދޫ ) އެންމެ މޮޅު މިޑިލް ބްލޮކަރ
ހުސެއިން ވިސާން ( ވ. ފެލިދޫ ) އެންމެ މޮޅު ސެޓަރު
ހަސަން ނިލާމް ( ވ. ފެލިދޫ ) އެންމެ މޮޅު އޮޕޮސިޓް ޕްލޭއާރ
އަހުމަދު ނަބީލް ( ވ. ފެލިދޫ ) އެންމެ މޮޅު ލިބަރޯ
މުހައްމަދު ޝަރަފް ( ވ. ފެލިދޫ ) އެންމެ މޮޅު ކޯޗު
ޔައީޝް ރިފްއަތު ހަމީދު ( ކ. މާފުށި ) 21 އަހަރުންދަށުގެ އުންމީދީ ކުޅުންތެރިޔާ
މުރާދު ޖީހާން ( ވ. ފެލިދޫ ) އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަސަން ނިލާމް ( ވ. ފެލިދޫ ) އެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ގުޅުންހުރި

ރާއްޖެ ސުޕަރ ލީގް ވޯލީބޯޅަ ޗެމްޕިއަންޝިޕް 2026 ވ. ފެލިދޫ އިން ކާމިޔާބުކޮށްފި

ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ޕެނަލްޓީގައި އެންޖީ ސްޓާޓިންގ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އެއިޓީން ތާޓީ ކްލަސިކް 2026 : ކުލަބު އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި




