
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންޖީ ސްޓާޓިންގ ސެމީއަށް
# ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026# އެމްޖީ ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރުއެންޖީ ސްޓާޓިންގ އާއި ފްލަޔާސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކާށިދޫގައި ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ގެ ގުރޫޕް ބީގެ ފަހު މެޗުގައި މިއަދު ހަވީރު ފްލަޔާސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ އެންޖީ ސްޓާޓިންގ އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި އެންޖީ ސްޓާޓިންގ ކުޅުނު ފުރަތަމަ މެޗުގައި އީއެން ފުޓްބޯޅަ ޓީމު އަތުން 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ފްލަޔާސްގެ ފުރަތަމަ މެޗުގައި އީއެން ފުޓްބޯޅަ ޓީމާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެންޖީ ސްޓާޓިންގ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޝްއާފް މުހައްމަދު ފިރާގް އެވެ. އަދި އެޓީމުން ލީޑި ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޔާސް އަލީ އެވެ.
ނަމަވެސް އޭގެ ދެމިނެޓު ފަހުން ފްލަޔާސްގެ އަލީ ޝަނޫން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އެންޖީ ސްޓާޓިންގ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންޖީ ސްޓާޓިންގެ އިޝްއާފު މުހައްމަދު ފިރާގު އެވެ.
މިނަތީޖާއެކު ގުުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އެންޖީ ސްޓާޓިންގ ސެމީފައިނަލުން ޖާގަ ހޯދިއިރު. މިމެޗުން ބަލިވި ފްލަޔާސް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެެމެޗުން ހޯދި އެއްޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވެސް ވަނީ ސެމީފައިނަލުން ޖާގަ ލިބިފައެވެ.
މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހެނދުނު 6:45 ގައި ގުރޫޕް އޭގެ އެއްވަނަ އެމްޖީ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ފްލަޔާސް ނުކުންނައިރު، ބުދަ ދުވަހު ހަވީރު 16:00 ގައި ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި އެންޖީ ސްޓާޓިންގ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
ގުޅުންހުރި

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންޖީ ސްޓާޓިންގ ސެމީއަށް
ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ނަމަވެސް ކަޓުވާލުމަށްފަހު ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބު ސެމީއަށް

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ފްލަޔާސް އާއި އީއެން ފޯރިގަދަ ކުރިމަތިލުން އެއްވަރު




