
ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ޕެނަލްޓީގައި އެންޖީ ސްޓާޓިންގ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
# އެމްޖީ ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރު # ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026އެމްޖީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
ކާށިދޫގައި މިހާރު ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު އެންޖީ ސްޓާޓިންގ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން މޮޅުވެ އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެެވެ.

މުބާރާތުގެ ފައިނަލުން އެންޖީ ސްޓާޓިންގ ޖާގަ ހޯދީ ސެމީފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕީއެސްސީ 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އެންމެ ފަހުގެ ރަނަރަޕް އެމްޖީ ފުޓްބޯޅަ ޓީމު ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުލަބު ފްލަޔާސް ބަލިކުރުމަށް ފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެމްޖީ ފުޓްބޯޅަ ޓީމުންނެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެނުއަލް ކޯފީ އެވެ. އަދި އެންޖީ ސްޓާޓީންގ އިން ނަތީޖާއެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 46 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޝްއާފް މުހައްމަދު ފިރާގު އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗު ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަތުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެމްޖީ ފުޓްބޯޅަ ކުލަބުން ޖެހި ހަ ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރިއިރު، އެންޖީ ސްޓާޓިންގެ ހަތް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީ އެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޖީ ފުޓްބޯޅަ ޓީމުގެ މެނުއަލް ކޯފީ އެވެ.
24 ޖުލައި 2026 އިން 31 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި، މިއަހަރު ޖުމްލަ ހަ ޓީމެއް ވާދަކުއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމު ސެމީ ފައިނަަލަށް ހޮވޭގޮތަށެވެ.
އެމްޖީ ސްޕޯޓްސް ކުލަބުން އިންތިޒާމުކުރި، މި މުބާރާތުގެ އޮފިޝަލް ސްޕޯޓްސް ލެގަސީ ޕާޓްނަރަކަށް، މެޗު ފޯރި ހަމަޖައްސާފައިވާއިރު، އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކީ ސަބްސްކްރިޕްޝަން އެމްވީ އެވެ. އަދި އޮފިޝަލް ކިޓް ޕާޓްނަރަކަށް އެން-ވެއާ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ ޝަވިޔާނީ ޕްރިންޓާސް އެވެ.
މުބާރާތުގެ އޮފިޝަލް ޓެކްނިކަލް ޕާޓްނަރަކީ ރައިވީނާ އެވެ. އަދި އޮފިޝަލް ކޭޓަރިން ޕާޓްނަރަކީ ޔާސް ބައިޓްސް އެވެ. އަދި އޮފިޝަލް ސައުންޑް ޕާޓްނަރަކީ ވައިބްސް ލައުންޖް އެވެ. އަދި އޮފިޝަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އެޓޯލް ޑައިނަމިކްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޓްރެވަލް ޕާޓްނަރުންނަކީ ވެލާ އެކްސްޕްރެސް އަދި އާރެސް އެވެ.
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ސެލިއުޓް+، ބަރަކާއީ، ޔުނީކް ޓޭސްޓީ، ރީފް ކެފޭ، ޓޮކްސިކް ބޯއީސް، ޑައިމަންޑް ރޫޓް، ތޫލް، އަދި އަލްބާ ސެލެސްޓޭ ހިމެނޭއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ޕެނަލްޓީގައި އެންޖީ ސްޓާޓިންގ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އެއިޓީން ތާޓީ ކްލަސިކް 2026 : ކުލަބު އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި




