
”ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން “ މި މަހު 14 އަދި 15 ގައި ބާއްވަން ނިންމައިފި
# އިސްލާމިކް މިނިސްޓްރީ# ދީނީ ނަސޭޙަތްފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި ހިނގާ އޮގަސްޓު މަހުގެ 14 އިން 15 ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، ”21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު“ މި ތީމްގެ މައްޗަށް ކަމަށާއި ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން އިސްލާމިކް މިނިސްޓްރީން ފާހަގަަކޮށްފައިވެއެވެ.
ގުޅުންހުރި

”ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން “ މި މަހު 14 އަދި 15 ގައި ބާއްވަން ނިންމައިފި

ހުޅުމާލޭގައި ބިނާކުރާ 'މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ' ގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

ވަޤުފް އިމާރާތް 'ދާރުލް އަރުޤަމް' ގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް!




