logoEN
WAMCO TOP 1
ވަޤުފް އިމާރާތް 'ދާރުލް އަރުޤަމް' ގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް!

ވަޤުފް އިމާރާތް 'ދާރުލް އަރުޤަމް' ގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް!

އަހުމަދު ޝުރާއު

logo

8/7/2026, 3:40:58 AM

# އިސްލާމިކް މިނިސްޓްރީ

-

މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 12 ފަންގިފިލާގެ ވަޤުފް އިމާރާތް "ދާރުލް އަރުޤަމް" ގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

THE TRAVELLER AD

"ދާރުލް އަރުޤަމް" މަޝްރޫޢަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ މި އިމާރާތުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ސައިޓުގައި ފެށިގެން ކުރިޔަށްދާކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި "ދާރުއްސަލާމް" ގެ ނަމުގައިވެސް ވަޤުފް އިމާރާތެއް އެޅުމަށް ވަނީ ތައްޔާރުވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މިފަދަ ވަޤުފް މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމުން، ދީނީ ކަންކަމަށް ކުރެވޭ ހޭދަތަކަށް ބޭނުންވާ ފައިސާ ލިބި، އެ ވުޒާރާގެ ދައުލަތުގެ ބަޖެޓަށް އޮންނަ ބާރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC