
ހުޅުމާލޭގައި ބިނާކުރާ 'މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ' ގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ
# އިސްލާމިކް މިނިސްޓްރީ-
ހުޅުމާލެ ފޭސް އެކެއްގައި ބިނާކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا" ގެ ޖުމްލަ މަސައްކަތުގެ 86 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ހުޅުމާލެ ފޭސް 1 ގެ ރެޑްވޭވް ކައިރީގައި ކުރިން ހުރި ވަގުތީ މިސްކިތް ހުރި ބިމުގައި ބިނާކުރާ މި މިސްކިތަކީ 2,000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ.
މަރުހޫމް ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގެ ދަށުން ޤާއިމުކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ 5 މާރިޗު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا އަށް ނިސްބަތްކޮށް ބިނާކުރާ މި މިސްކިތަކީ އިސްލާމީ ދިރާސާކުރާ ފަރާތްތަކަށާއި ކިޔަވާ ކުދިންނަށް ނަމާދުގެ ފަހުން ރިސާޗް ހެދުމަށާއި، އެސައިންމަންޓް ހެދުމަށް އަދި ފޮތްކިޔަން ތިބެވޭގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު ތަރައްގީކުރާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ ޚާއްސަ ޖާގައާއި ފާހަނާގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެއުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
މިސްކިތުގެ މަސައްކަތް ފުރިހަމަވެގެންދާއިރު ސޯލާ ނިޒާމަކުން ކަރަންޓުދީ، މުޅި މިސްކިތް އޭސީކުރުމަށް ވަނީ ނިންމައިފައެވެ. އަންނަ އަހަރުގެ ރަމަޟާން މަހަށް ހުޅުވުމަށް އަމާޒުހިފާފައިވާ މި މިސްކިތް ހުޅުވުމަށްފަހު، އިލްމީ ދަރުސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ ތަފާތު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
ގުޅުންހުރި

ހުޅުމާލޭގައި ބިނާކުރާ 'މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ' ގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

ވަޤުފް އިމާރާތް 'ދާރުލް އަރުޤަމް' ގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް!

ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަނީ މި ދައުރުގައި- މިނިސްޓަރު




