logoEN
WAMCO TOP 1
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު

މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު

ހަސަން ޝަމްއޫން

logo

7/18/2026, 9:50:28 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

ކެޕްޑެވިލާ (ވ) ސާޖިއޯ ރާމޮސް އާއެކު، 2010 ގެ ވޯލްޑްކަޕް ޓްރޮފީއާއެކު އުފާފާޅުކުރަނީ..

އެމެރިކާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން އެގައުމަށް ދިއުމަށް ބޭނުންވާ އިލެކްޓްރޯނިކް ސިސްޓަމް ފޯ ޓްރެވަލް އޮތޮރައިޒޭޝަން (އީއެސްޓީއޭ) ނުލިބުމުގެ ސަބަބުން، ސްޕެއިންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޯން ކަޕްޑެވިލާއަށް އާއިލާ އެކު އެމެރިކާއަށް ދެ ވޭގޮތް ނުވިއެވެ.

THE TRAVELLER AD

މިހާރު އުމުރުން 48 އަހަރުގެ ކަޕްޑެވިލާ އަކީ 2010 ވަނަ އަހަރު ސްޕެއިން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގެ ދިފާއުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ. އަދި ކަޕްޑެވިލާ އުންމީދުކޮށްގެން ހުރީ، އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި މާދަމާ ރޭ ސްޕެއިންއާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު ބަލާލުމަށް އާއިލާއެކު އެމެރިކާއަށް ދެވޭނެކަމަށެވެ. އަދި 2010 ވަނަ އަހަރުގެ ޓީމުގެ ހިމެނުނު ކުޅުންތެރިންނާ ބައްދަލުކޮށް، އޭނާގެ ދަރިންނާއެކު މި ތާރީޚީ ވަގުތު ހޭދަކުރުމަށެވެ.

އެމެރިކާއަށް ވިސާއާ ނުލައި 90 ދުވަހަށް ދަތުރުކުރުމަށް ބޭނުންވާ 'އިލެކްޓްރޯނިކް ސިސްޓަމް ފޯ ޓްރެވަލް އޮތޮރައިޒޭޝަން' އަށް ކަޕްޑެވިލާ ހުށަހެޅި ނަމަވެސް، އޭނާއަށް އެ ހުއްދަ ނުލިބޭނެކަން ވަނީ އަންގާފައެވެ. އަދި އެއީ މީގެ 10 އަހަރު ކުރިން ފުޓްބޯޅަ މެޗެއް ކުޅުމަށް އީރާނަށް ދަތުރުކޮށްފައިވާތީއެވެ.

މިކަމާ ގުޅިގެން ކަޕްޑެވިލާ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އީއެސްޓީއޭ ރިޖެކްޓް ކޮށްފައިވާތީ ދަރިންނާއެކު ފައިނަލަށް ދަތުރުނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. "އަހަރެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަން ބޭނުން. މިކަމުގައި އެހީތެރިވެދެވޭނެ އެއްވެސް ފަރާތެއް އެބަހުރިތަ؟" ކަޕްޑެވިލާ ލިޔެފައިވެއެވެ.

ސްޕެއިންގެ އެސްޕަނިޔޯ، ޑިޕޯޓިއޯ ލަކަރޫނިޔާ، ވިލަރެއާލް އަދި އެތްލެޓިކޯ މެޑްރިޑުގެ އިތުރުން ޕޯޗުގަލްގެ ބެންފީކާގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު އިތުރަށް ބުނީ ފުޓްބޯޅައަށް ލޯބިކުރާ އޭނާގެ ދަރިންނާއެކު މިފަދަ މުހިންމު މެޗެއް ބަލާލުމުގެ ފުރުސަތު ގެއްލިގެންދާތީ ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ.

މީގެ އިތުރުން މިކަން ހައްލުކޮށްދިނުމަށް އެދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށްވެސް އޭނާ ވަނީ ގޮވާލައިފައެވެ.އަދި މި މައްސަލައިގައި ކަޕްޑެވިލާ ވަނީ ސްޕެއިންގެ ކުޅިވަރާ ބެހޭ ވުޒާރާވެސް ޓެގްކޮށް، އެހީތެރިކަމަށް އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC