
އަލް މުޚާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގައިފި: "ސައުދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި"
# ހޫތީންޔަމަނުގެ ދެކުނު ހުޅަނގުގައިވާ، ރެޑް ސީގެ މުހިންމު ބަނދަރެއް ކަމަށްވާ އަލް މުޚާ (އަލް މަޚާ) ބަނދަރަށް ދިން ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ހޫތީ ޖަމާއަތުން ރަސްމީކޮށް އުފުލައިފިއެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރިއު ވިދާޅުވި ގޮތުގައި، އެ ޖަމާއަތުގެ ބާރުތަކުން ވަނީ އަލް މުޚާ ބަނދަރަށް އަމާޒުކޮށް ފުޅާ ދާއިރާއެއްގައި އަދި ނުހަނު ސީދާ އަމާޒަށް ހަމަލާތަކެއް ދީފައެވެ. އަދި މި ހަމަލާގެ މައިގަނޑު އަމާޒަކީ އެ ބަނދަރުގައި ތިބި "ސައޫދީގެ ދުޝްމަން ސިފައިންނާއި" އެފަރާތްތަކުގެ ހަތިޔާރު ގުދަންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޫތީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާގައި ބަނދަރުގައި ހުރި އަސްކަރީ އާލާތްތަކަށާއި ހަތިޔާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ސައޫދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންނަށް އަމާޒުކޮށް، ދުޝްމަނުންގެ ނުބައި ރޭވުންތަކަށް ޚިދުމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ ދަރިން މަރުމަށް ސައޫދީން ކުރާ މަސައްކަތްތަކަށް އެއްވެސް ފުރުސަތެއް ނުދޭނަން،" ހޫތީންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލް މުޚާ ބަނދަރަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރާއި ސައޫދީ އިއްތިހާދުގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައި ވާ އިސްތިރާޖީ ބަނދަރެކެވެ.
މިއީ ޔަމަނަށް އިންސާނީ އެހީއާއި އާންމު މުދާ އެތެރެކުރާ މުހިންމު މަގެއް ކަމަށްވުމާއެކު، މި ހަމަލާއާއެކު ރެޑް ސީގެ ކަނޑުމަގުގެ ރައްކާތެރިކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ގުޅުންހުރި

އަލް މުޚާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގައިފި: "ސައުދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި"

ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!




