
ޔަހޫދީން ޔަމަނަށް ދިން ހަމަލާ އަމާޒުކުރީ ހޫތީންގެ އިސް ލީޑަރުންގެ ބައްދަލުވުމަކަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަލްޖަޒީރާ އަރަބިކުން ރިޕޯޓުކުރަމުންދާގޮތުގައި މިއަދު ނިރުބަވެރި އިސްރާއީލު އަސްކަރިއްޔާއިން ޔަމަނުގައި ހޫތީންގެ އިސްވެރިންތައް ތިބި ކަމަށްބުނާ ތަނަކަށް ވައިގެ މަގުން 10 ހަމަލާދީފައިވާ ކަމަށެވެ.
އަދި މި ހަމަލާއަކީ ހޫތީންގެ އެންމެ އިސް ލީޑަރުން އަވަހާރަކޮށްލަން ޔަހޫދީން ހިންގި ބޮޑު އޮަޕަރޭޝަނެއްކަމަށްވެސް އަލްޖަޒީރާ އަރަބިކުން ރިޕޯޓުކުރެއެވެ.
އެގޮތުން މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި މި ހަމަލާ އަމާޒުކުރީ ވެރިރަށް ސަނާގެ ހުޅަނގުގައި އޮންނަ މައުންޓް އަޓަން އަވަށެވެ. މި ހަމަލާދިން ވަގުތަކީ ހޫތީންގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިން މުހިންމު ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ ވަގުތެއް ކަމަށާއި މި ހަމަލާގައި ހޫތީންގެ އިސްވެރިންތަކެއް ޝަހީދުވެފައިވާ ކަމަށް ބެލެވޭކަމަށްވެސް އިސްރާއީލުގެ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި ޔަމަނުގައި ދިން ހަމަލާތަކުގެ އަމާޒަކީ ހޫތީންގެ އެންމެ މަތީ އަސްކަރީ ލީޑާޝިޕާއި ޖެނެރަލް ސްޓާފް ޕްރެޒިޑެންސީ އެވެ.
މި ހަމަލާއާއި ގުޅިގެން ހޫތީންގެ ފަރާތުން ރަސްމީ ބަހެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
ގުޅުންހުރި

އަލް މުޚާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގައިފި: "ސައުދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި"

ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!




