logoEN
Sto top
ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!

ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!

އަހުމަދު ޝުރާއު

logo

9/24/2025, 3:45:48 PM

# ހޫތީން

ޔަމަނުގެ ހޫތީން އިސްރާއީލަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

އިސްރާއީލުގެ ސިފައިންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަމަނުން ފޮނުވާލި ޑްރޯނެއް އައިލާތުއަށް ވެއްޓުނުކަން ވަނީ ކަށަވަރުވެފައި އެވެ. މި ހަމަލާ ހުއްޓުވުމަށް ޔަހޫދީ އަސްކަރިއްޔާއިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށް ވެއެވެ.އަދި އެސަރަހައްދުގައި ޔަހޫދީންގެ ސާޗް އެންޑް ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުންދާކަންވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައި އެވެ.

އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި ޑްރޯނެއް ވެއްޓި އެއަވަށުގެ ރިސޯޓެއް ހިންގަމުން އަންނަ ސަރަހައްދަކަށް ގެއްލުންތަކެއް ލިބި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

މި ހަމަލާގައި އަނިޔާވި މީހުންގެ ސީދާ އަދަދެއް މިހާތަނަށް ޔަހުދީންގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވި ނަމަވެސް ގިނަ ބަޔަކަށް ފަރުވާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ،

މި ހަމަލާއާއި ގުޅިގެން ރަސްމީކޮށް ހޫތީން ބަހެއް ބުނެފައިނުވި ނަމަވެސް ހޫތީންގެ ބައެއް މަސްދަރުތަކުން އަންނަނީ މި ހަމަލާއަކީ ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮލަށް އެޖަމާއަތުގެ ހަނގުރާމަވެރިން ދިން މުހިންމު ހަމަލާއެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC