logoEN
WAMCO TOP 1
ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

އަހުމަދު ޝުރާއު

logo

8/9/2026, 10:16:33 AM

# ހޫތީން

ޔަމަނުގެ ދެކުނު ހުޅަނގުގައިވާ، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ އެގައުމުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ރެޑް ސީގެ މުހިންމު ބަނދަރެއް ކަމަށްވާ އަލް މުޚާ (އަލް މަޚާ) ބަނދަރަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.

THE TRAVELLER AD

ޔަމަން ޓުޑޭ ޓީވީއާއި އެގައުމުގެ ދައުލަތުގެ މީޑިއާ، ސަބާ ޓީވީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ ޔަމަނުގެ ހޫތީ ޖަމާއަތުން ދީފައިވާ ހަމަލާތަކެކެވެ.

އަލް މުޚާ ބަނދަރުގެ ޑިރެކްޓަރާ ހަވާލާދީ ޔަމަން ޓުޑޭއިން ބުނެފައިވަނީ، ބަނދަރުގެ ފެސިލިޓީގެ ތެރޭގައިވާ އާންމު ރައްޔިތުން ބޭނުންކުރާ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގެ ޒިންމާ ހޫތީ ޖަމާއަތުން އަދި ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.

އަލް މުޚާ ބަނދަރަކީ ރެޑް ސީގެ އިސްތިރާޖީ މުހިންމު ސަރަހައްދެއްގައި އޮންނަ ބަނދަރަކަށްވާއިރު، 2014 ވަނަ އަހަރުން ފެށިގެން ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން އެ ރަށް ވަނީ ސަރުކާރުގެ އިއްތިހާދީ ބާރުތަކުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

އީރާނުގެ މަދަދުލިބޭ ހޫތީން ޔަމަނުގެ އުތުރުގެ ގިނަ ސަރަހައްދުތަކާއި ވެރިރަށް ސަނާ ކޮންޓްރޯލް ކުރަމުންދާއިރު، ރެޑް ސީ މެދުވެރިކޮށް ދަތުރުކުރާ އާންމު މުދާ އުފުލާ ބޯޓުތަކަށާއި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގެ ބަނދަރުތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ހަމަލާއާއެކު ރެޑް ސީގެ ކަނޑުމަގުގެ ސެކިއުރިޓީއާއި، ޔަމަނަށް ބޭނުންވާ އިންސާނީ އެހީއާއި މުދާ އެތެރެކުރާ މައިގަނޑު އެއް ބަނދަރުގެ އޮޕަރޭޝަންތަކަށް ބުރޫއަރައި، ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC