
ޖުލައި މަހު އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 ކާނުމަތި ބަދަލުކޮށްފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް ނިންމާލައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ 25 މަގެއްގެ 33 ކާނުމަތި ވަނީ އާކޮށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިނގާބިނގާވެ އުޅުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާލޭގެ 10 ސަރަހައްދެއްގައި ވަނީ ރޭންޕު ހެދުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ.
މަގުތަކުގެ ފެންވަރު މަތިކޮށް މަރާމާތު ކުރުމުގެ އިތުރުން، ހިނގާ މީހުންނާއި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ދުއްވާ އެއްޗެހީގެ ބާރުމިން ކޮންޓްރޯލްކުރުމަށްޓަކައި 41 މަގެއްގައި ސްޕީޑް ބްރޭކަރުގެ 42 ނިޝާން ކުރަހާފައިވާއިރު، މަގުހުރަސްކުރާ އާންމުންގެ ރައްކާތެރިކަމަށްޓަކައި 52 މަގެއްގައި ޒިބްރާ ކްރޮސްގެ 54 ނިޝާން ވަނީ އަލުން ކުރަހާފައެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަގުތައް ހަދައި މަގުތަކުގައި ނިޝާންތައް ކުރެހުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ވަރަށް doބޮޑު ފަސޭހައެއް ކަމަށެވެ. އަދި މިއީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް ކުރަމުން އަންނަ، އަދި ރައްޔިތުންގެ ސަލާމަތަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަންކަން ކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުތަކަށް އަމާން އަދި ހިތްފަސޭހަ ތަނަކަށް doހެދުމަށްޓަކައި މަރާމާތުގެ މަސައްކަތްތައް މެދުނުކެނޑި، ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.
ގުޅުންހުރި

ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
.webp&w=3840&q=75)
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ޖުލައި މަހު 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ޖުލައި މަހު އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 ކާނުމަތި ބަދަލުކޮށްފި




