
އެކްޓައިޒް ކުންފުންޏަކީ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން- މުޖޭ
# މުޖުތަބާ ޖަލީލް# މާލެ ސިޓީ ކައުންސިލްމުޖޭ
އެކްޓައިޒް ޕްރައިވެޓް ލިމިޓެޑް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަމަށް ވެމްކޯ ގެ މެނޭޖިންގް ޑިރެކްޓަރު އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްޓްރީ ޖެނެރަލް (އެސްޖީ) މުޖްތަބާ ޖަލީލް (މުޖޭ) ވިދާޅުވެއްޖެ އެވެ.

މުޖޭ މިހެން ވިދާޅުވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ކުރީގެ މޭޔަރުކަމުގައި ހުންނެވިއިރު އެ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އެމަނިކުފާނުގެ ގާތްބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ނަހަމަގޮތުގައި ދީފައިވާތީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްދެއްވުމަށް (ޕްރޮސިކިއުޓާ ޖެނެރަލް) ޕީޖީ އަށް ދެންނެވުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
އެކްޓައިޒް ކުންފުންޏަކީ ރައީސްގެ އެއްވެސް ހިއްސާއެއް އޮތް ކުންފުންޏެއްނޫންކަން ކަށަވަރުކޮށްދޭކަން ފާހަގަކޮށް މުޖޭ ވިދާޅުވީ ރައީސް މުއިއްޒު މޭޔަރުކަމުގެ ދައުރުގައި ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓް ތަކުގައި އެއްވެސް ވަރަކަށް ޕްރޮކިއުމަންޓް ޕްރޮސެސް ތެރެއަށް ވަދެފައިނުވާ ކަމަށެވެ.
"އަޅުގަނޑަކީ 2021 އިން ނޮވެންބަރު 2023 ވަނަ އަހަރަށް މާލެ ސިޓީ ކައުންސިލްގެ އެސްޖީ. ރައްޔިތުންގެ މައުލޫމާތަށްޓަކައި އެކަން ހާމަކުރަން" މުޖޭ ވިދާޅުވި އެވެ.
މުޖޭ ވިދާޅުވީ މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮޖެކްޓް އަކީ ކައުންސިލް ގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން (އެސްޕީ) ގެ މައިގަނޑު އެއް ސްޓްރެޓިޖިކް ކަމަށެވެ. އަދި މިކަން ވާނީ ހުރިހާ ކައުންސިލަރުން އިއްތިފާގުން ކައުންސިލް ފްލޯއިން ނިންމައި، ޕްރޮކިއުމެންޓް ޕްރޮސެސް ތެރެއިން އިއުލާން ކުރެވިގެން މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅުނު ޕްރޮޖެކްޓެއް ކަމަށެވެ.
ގުޅުންހުރި

އެކްޓައިޒް ކުންފުންޏަކީ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން- މުޖޭ

މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި "މާފަންނު ބަސް ސްޓޭޝަން" ހުޅުވައިފި

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި




