
ފޮޓޯ: ދިރާގު
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ)އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީ.އެމް.ޖީ.ސީ) 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަން ދިރާގުން އިއުލާންކޮށްފިއެވެ.

ދިވެހިރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާ ޑީ.ޖީ.ޖީ އިން އިންތިޒާމުކުރާ މި މުބާރާތަކީ، ރާއްޖޭގެ ގޭމިންގ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. ފާއިތުވި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މިއީ މި ދާއިރާއަށް ދިވެހި ޒުވާނުންގެ މެދުގައި އޮތް މަގުބޫލުކަމާއި ތަރުހީބު ހާމަކޮށްދޭ ހެއްކެކެވެ.
މިއަހަރުގެ މުބާރާތުގައި މޮބައިލް، ޕީ.ސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ މުބާރާތުގައި ހިމެނޭ ގޭމްތަކަކީ މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ، ޕަބްޖީ މޮބައިލް، ރޮކެޓް ލީގް، އެފް.ސީ 26 އަދި ޓެކެން 8 އެވެ.
ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކުޅުންތެރިއަކަށް ވެސް އެއްވެސް ފީއަކާ ނުލައި މި މުބާރާތުގެ ކޮލިފައިންގައި ބައިވެރިވެ، ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމު ތެރެއިން ބައެއް ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.
ގުޅުންހުރި
ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 9 އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަނީ

ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މެއިންޓެންނަންސް މަސައްކަތެއް މާދަމާ އަދި ހޮނިހިރު ދުވަހު ކުރަނީ




