
-
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލިފައިވާ ތިން މީހުން ހޯދުމުގެ އޮޕަރޭޝަނަށް އިތުރު އެހީތެރިކަމާއި ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ބޭރުގެ އެކުވެރި ޤައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް، ހޯމް މިނިސްޓްރީ އަދި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކައިރިން ބަލަމުންދާ ކަމަށެވެ.
އަދި ސަރުކާރުގެ އެންމެ އިސް އިސްކަމެއް ދީފައިވަނީ ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިގޮތުން، މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށާއި، އަޑިއަށް ގޮސްފައިވާ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު އެހީތެރިކަމާއި ފަންނީ އެހީ ހޯދުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
ޚާރިޖީ ވުޒާރާއިން ވަނީ ގެއްލިފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، އެފަރާތްތަކާއެކު ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ. އަދި ކަމާބެހޭ ހުރިހާ އިދާރާތަކާއި ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބައިނަލްއަޤްވާމީ ފަންނީ އެހީ ހޯދަނީ

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި




