
އިންޑިއާގެ ހިލޭ އެހީގެ ދަށުން 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއް!
# ފޮރިން މިނިސްޓްރީ-
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން، ދިވެހިރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު ފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު އަމަލީގޮތުން ތަންފީޒުކުރާ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިއު އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރަށްރަށުގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، އަންހެނުން ބާރުވެރިކުރުވުމަށާއި، މުޖުތަމައުގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ޢަބްދުﷲ ރާފިއުގެ ވާހަކަފުޅުގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އަދި ރަށު ފެންވަރުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭނެ މުހިންމު މަރުކަޒުތަކެއްކަން ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތު ނިންމަވާލައްވަމުން ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ދިވެހި މުޖުތަމައުތަކުގެ ހެޔޮބަދަލަށްޓަކައި ދެއްވާ ދީލަތި އެހީތެރިކަމަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ފަހުމްނާމާއެއްގައި ސޮއިކޮށްފި

އިންޑިއާގެ ހިލޭ އެހީގެ ދަށުން 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއް!

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ




