
އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
# އިސްރާއިލް# ފަލަސްތީން# ފަލަސްތީން - އިސްރާއިލް# ފޮރިން މިނިސްޓްރީފޮރިން މިނިސްޓްރީ
އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގާޒާގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތަކަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. އަދި މި ހަމަލާތަކުގައި މައުސޫމް އެތައް އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލެމުންދާ ދިއުމަކީ ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށާއި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތަކަށް ޢަމަލުކުރުމަށް ވަނީ އިޒްރޭލަށް ގޮވާލާފައެވެ. ފޮރިން މިނިސްޓްރީގެ ބަޔާނުގައި ސިއްހީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން މަޝްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ގާޒާގެ އާންމު ރައްޔިތުންނާއި، ސިއްހީ ހިދުމަތްތެރިންނާއި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އެއްވެސް ހުރަހެއް ނެތި ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސް ކޮށްދޭންޖެހޭކަމަށް ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމަށް ބުނެފައި ވެއެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ހިލޭ އެހީގެ ދަށުން 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއް!




