logoEN
WAMCO TOP 1
ލިއޮނެލް މެސީގެ ބައްޕަ އަދި އޭޖެންޓް ޚޯރްޚޭ މެސީ މަރުވެއްޖެ

ލިއޮނެލް މެސީގެ ބައްޕަ އަދި އޭޖެންޓް ޚޯރްޚޭ މެސީ މަރުވެއްޖެ

އަހުމަދު ޝުރާއު

logo

8/8/2026, 6:21:42 PM

# ލިއޮނަލް މެސީ

-

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނެލް މެސީގެ ބައްޕަ އަދި އޭނާގެ ގިނަ ދުވަސްވީ އޭޖެންޓް ޚޯރްޚޭ މެސީ މަރުވެއްޖެ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

THE TRAVELLER AD

ޚޯރްޚޭ ހޮރާސިއޯ މެސީ މަރުވެފައިވަނީ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އޭނާގެ ސިއްޙީ ޙާލަތާމެދު ފާއިތުވި މަސްތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، ފީފާ ވޯލްޑް ކަޕްގެ ތެރޭގައި މެސީގެ އާއިލާއިން ވަނީ ޚޯރްޚޭ ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ހޯއްދަވަމުންދާކަން ކަށަވަރުކޮށްދީ، މީޑިއާތަކުން އެކަމުގައި އިންސާނިއްޔަތުކަން އިސްކޮށް އާއިލާގެ ނިވާކަމަށް އިޙްތިރާމްކުރުމަށް އެދިފައެވެ.

ޚޯރްޚޭ މެސީއަކީ އޭނާގެ ދަރިފުޅު މެސީގެ ތާރީޚީ ފުޓްބޯޅަ ކެރިއަރުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކެވެ. މެސީގެ އެޖެންޓުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ދަނޑުން ބޭރުގެ އެކި އެކި ނިންމުންތަކާއި އެއްބަސްވުންތަކުގެ މަޝްވަރާތައް އިސްވެ ބަލަހައްޓާފައިވަނީ އޭނާއެވެ.

ރޮސާރިއޯގައި މެސީގެ ކުޑައިރުގެ ދުވަސްވަރުން ފެށިގެން، ބާސެލޯނާގައި ހޯދި ރީތި ކާމިޔާބީތަކާއި ކެރިއަރުގެ ފަހުގެ މަރުޙަލާތަކުގައިވެސް ޚޯރްޚޭ ވަނީ މެސީއާއެކު ސާބިތުކަމާއެކު ހުރެ، މެސީގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ނުފޫޒުގަދަ ޝަޚުޞިއްޔަތަށް ވެފައެވެ.

ޚޯރްޚޭ މަރުވިއިރު އޭނާގެ އަންހެނުން ސީލިއާ ކުއްސިޓީނީގެ އިތުރުން ހަތަރު ދަރިން ކަމަށްވާ ލިއޮނެލް މެސީ، ރޮޑްރީގޯ، މަތިއަސް އަދި މާރިއާ ސޮލް ދުނިޔޭގައި އެބަތިއްބެވެ.

ކޮމެންޓް
ފަހުގެ
HDC