logoEN
cocacola
މެސީ އަދި ސުއަރޭޒްގެ ލަނޑުތަކާއި އެކު އިންޓަ މިއާމީ ކުއާޓާ ފައިނަލަށް

މެސީ އަދި ސުއަރޭޒްގެ ލަނޑުތަކާއި އެކު އިންޓަ މިއާމީ ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/14/2024, 3:02:06 PM

# އިންޓަ މިއާމީ # ލިއޮނަލް މެސީ

މެސީ، އަލްބާ އަދި ސުއަރޭޒް ނަޝްވިލް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ނޯތު އަދި ސެންޓްރަލް އެމެރިކާ ޗެންޕިއަންސް ކަޕްގެ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި 3-1 ގެ ނަތީޖާއަކުން ނަޝްވިލް އެސްސީ ބަލިކޮށް އިންޓަރ މިއާމީ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

މިދެޓީމު ނަޝްވިލް އެސްސީގެ ދަނޑުގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިނަތީޖާއެކު އިންޓަރ މިއާމީއަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަރ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޜީމުގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މިއީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިންޓަރ މިއާމީން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ އެވެ. މިއީ އެޓީމުގެ ޕެރަގުއާއީ މިޑްފީލްޑަރު ޑިއޭގޯ ގޮމޭސް ނަޝްވިލްގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން އިންޓަރ މިއާމީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އިންޓަރ މިއާމީގެ ތިންވަނަ ލަނޑު ފަހުހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ފިންލޭންޑްގެ ފޯވާޑް ރޮބަޓް ޓެއިލާ އެވެ. އިންޓަރ މިއާމީގެ ލަނޑަށްފަހު ނަޝްވިލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

ނަޝްވިލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ސޭމް ސަރިޖް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިންޓަރ މިއާމީ ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ