logoEN
WAMCO TOP 1
ހެނބަދޫއާއި ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހެނބަދޫއާއި ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

# ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)# ނ. ހެނބަދޫ

ހެނބަދޫއާއި ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވުން ---

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ނ. ހެނބަދޫގައި ފެނަކަ ކޯޕަރޭޝަނުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

THE TRAVELLER AD

މި ޕާކު ހުޅުވުމަށްޓަކައި ހެނބަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިންއާއި، ރައްޔިތުންގެ މަޖިލީހުގެ ކެނޑިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ޙުސައިންގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ.

މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހިންގުނު މަޝްރޫޢެކެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން، ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ފެނަކަޔާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

undefinedހެނބަދޫއާއި ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވުން ---

ޕާކު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ހެނބަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ. މި ޕާކާއެކު އެ ރަށުގެ ކުޑަކުދިންނަށް ކުޅިވަރުކުޅެ، ހިތްހަމަޖައްސާލުމަށް ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ މާޙައުލެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC