logoEN
WAMCO TOP 1
ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

7/21/2025, 8:16:25 AM

# ނ. ހެނބަދޫ

-

ނ ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ބިންގާ އަޅައިފި އެވެ.

THE TRAVELLER AD

ހެނބަދޫގައި އަލަށް ކުރިޔަށް ގެންދާ މި ދެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު ނ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް އެމަނިކުފާނު ވަޑައިގެންނެވުމާއިއެކުގައި އެވެ.

އެގޮތުން އެރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައި މަސައްކަތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެރަށުގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ. ވަކި ވަކީން ބޭއްވި ދެ ރަސްމިއްޔާތުގައިވެސް ބިންގާ އެޅުމުގައި އަރިހުގައި ހެނބަދޫ ހިމެނޭ ނ ކެނޑިކުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު އަފޫ ހާމިދުގެ އިތުރުން ހެނބަދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން މި ދެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއިއެވެ.

ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރީން ބުނީ ސަރުކާރުން އަލަށް އިމާރާތްކުރާ މިސްކިތްތައް އިމާރާތްކޮށް ނިމޭއިރު މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށާއި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ކުލާހެއް ހެދުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހެނބަދޫ ފިޓްނެސް ސެންޓަރު ހިމެނޭހެން ކުޅިވަރުގެ 28 މަޝްރޫޢުއެއް ކުރިއަށްގެންދަން ސަރުކާރުން ފެނަކަ ކޯޕަރޭޝަންއާއެކު ސޮއިކުރީ މިދިޔަ މާޗު މަހުގެ ފަހުކޮޅު އެވެ. މި ހުރިހާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު، ދެ އަހަރުގެ ތެރޭގައި ހުރިހާ މަޝްރޫޢުއެއް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެވެ.

ކޮމެންޓް
ފަހުގެ
HDC