logoEN
PNC TOP 3
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ދެރަށެއްގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް ނިންމާލައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ދެރަށެއްގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް ނިންމާލައިފި

އައިޝަތު އިފާޝާ

logo

4/11/2022, 3:00:07 PM

# ބީއެމްއެލް# ވ. ފެލިދޫ# ބީއެމްއެލް ކޮމިއުނިޓީ ފަންޑް# ނ. ހެނބަދޫ

https___www.bankofmaldives.com.mv_storage_article_543_4943_1649663526.16496635262101

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ވ. ފެލިދޫ އަދި ނ. ހެނބަދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

PNC MID 2

ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާއިން ވަނީ ވ. ފެލިދޫގައި ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައެވެ. މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ ޓުއަރިސްޓުންނާއި ކައިރި ރަށްރަށުން މި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ބޭނުންކުރެވޭނެހެނެވެ. މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެހެން މި ސަރަހައްދުގައި ވަނީ ޖޯލި، އުނދޯލި، ބާބަކިއު ސްޓޭންޑް އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.

undefined

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓް ކާމިޔާބު ކުރި ހާމިދު ރަޝީދު ވަނީ ނ. ހެނބަދޫގައި ވެސް ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފައެވެ. މި ސަރަހައްދު ގައި ބާބަކިއު ސްޓޭންޑް، ޖޯލި ފަތި، ހޮޅުއަށި ބަހައްޓައި ކުޑަ ލައިބްރަރީ އަކާއި މަސްކެނޑުމަށް ބޭނުންކުރާނެ އަށްޓެއް ހަދައި ތަކެތި ރައްކާކުރުމަށް ސްޓޯރެއްވެސް ގާއިމްކޮށްފައެވެ. މި ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC