logoEN
WAMCO TOP 1
ނޮޅިވަރަމްފަރުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ގޮންޖެހުންތައް ހައްލުކުރަން ވަޒީރު ޝިޔާމް މަޝްވަރާކުރައްވައިފި

ނޮޅިވަރަމްފަރުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ގޮންޖެހުންތައް ހައްލުކުރަން ވަޒީރު ޝިޔާމް މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

8/8/2026, 8:48:29 AM

# އަހުމަދު ޝިޔާމް

-

ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހދ. ނޮޅިވަރަމްފަރަށް ވަޑައިގެންފިއެވެ.

THE TRAVELLER AD

ވަޒީރުގެ މި ދަތުރުފުޅުގައި ނޮޅިވަރަމްފަރު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ ރަށުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ދިމާވާ މައިގަނޑު ގޮންޖެހުންތައް ވަނީ އޮޅުންފިލުއްވާފައެވެ.

އަދި އެ ދެ ދާއިރާއިން ރަށުގައި ހުރި ފުރުޞަތުތަކާއި، ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ކައުންސިލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، އެ ރަށުގެ ރުއްގަހަށް ޖެހެމުންދާ ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ނައްތާލައި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންވާ ޚާއްޞަ ޕެސްޓިސައިޑް ވަނީ ނޮޅިވަރަމްފަރު ކައުންސިލާ ހަދިޔާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޝިޔާމް ވަނީ ނޮޅިވަރަމްފަރުގެ ދަނޑުބިންތަކަށް ސީދާ ޒިޔާރަތްކުރައްވައި، ރަށުގެ ދަނޑުވެރިންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި އަޑުތައް އައްސަވާފައެވެ.

ކޮމެންޓް
ފަހުގެ
HDC