
މިފްކޯއަށް މަސްގަތުމަށް ސަރުކާރުން ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލައިފި - ޝިޔާމް
# އަހުމަދު ޝިޔާމް-
މަސްވެރިކަމުގެ ސިނާޢަތް ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއެކު އެދެވޭ ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށާއި، އެގޮތުން މިހާރު މިފްކޯއަށް މަސްގަތުމަށް ދައުލަތުން ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ޒަމާންތަކެއް ވަންދެން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، 40 އަހަރު ވަންދެން ފެލިވަރުގައި ޤާއިމުކޮށްފައިވާ ފެކްޓްރީން އެކަނި ޚިދުމަތް ދެމުން އައިރު، ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރިއިރު، އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އެ ފައިސާ މެދުވެރިކޮށް ސިނާއަތުގެ އިންފްރާސްޓްރަކްޗަރ އިތުރު ނުކުރެވުނީ ކީއްވެތޯ ސުވާލު އުފައްދަވަމުން، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއެކު ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނައަށް އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން އެބަ ޤަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން. އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް. ހަމަ ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ، އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން،" މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއެކު މިފްކޯގެ މަސައްކަތްތައް ހަރުދަނާކުރެވި، މަސްގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު އެއްކޮށް ހުއްޓާލެވިފައިވާ ކަމަށެވެ.
ގުޅުންހުރި

މިފްކޯއަށް މަސްގަތުމަށް ސަރުކާރުން ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލައިފި - ޝިޔާމް

ޕީއެންސީ ބައިބައިކޮށް، ލީޑަރުން އެކަހެރިކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، ޝިޔާމް އިދިކޮޅަށް ގޮވާލެއްވީ ޒިންމާދާރުވާން!
.webp&w=3840&q=75)
މިވަގުތު ބަލަންވީ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ އައު ގޮތްތައް އީޖާދުކުރުމަށް - ޝިޔާމް




