logoEN
WAMCO TOP 1
ކުނިގޮނޑެއް ސާފުކޮށް ނުދެވުނު އެމްޑީޕީއަށް ރައްޔިތުންނަށް ކޮށްދެވޭނީ ކޮން ކަމެއް؟ - ޝިޔާމް

ކުނިގޮނޑެއް ސާފުކޮށް ނުދެވުނު އެމްޑީޕީއަށް ރައްޔިތުންނަށް ކޮށްދެވޭނީ ކޮން ކަމެއް؟ - ޝިޔާމް

އަހުމަދު ޝުރާއު

logo

8/6/2026, 11:03:52 AM

# އަހުމަދު ޝިޔާމް

-

އިދިކޮޅު އެމްޑީޕީއަކީ މާލޭގެ ކުނިގޮނޑުގެ އުނދަގުލުންވެސް ރައްޔިތުން ސަލާމަތްކޮށް ނުދެވުނު ބައެއް ކަމަށާއި، ކުނިގޮނޑެއް ސާފުކޮށް ނުދެވުނު ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ހުޅުމާލެ ގޮނޑުވެއްޖެ ކަމަށް ބުނެ އެމްޑީޕީން ވާހަކަދައްކާއިރު، އިމާދުއްދީން ސުކޫލު ފުރަގަހުގައިވާ ދެ ނަންބަރު ކުނިގޮނޑު ފުރި މުޅި މާލެ ކުނިވީއިރުވެސް އެމްޑީޕީގެ ސަރުކާރަށް އެކަން ހައްލުނުކުރެވުނު ކަމަށެވެ.

އަދި އެވަރުގެ ބަޔަކު މިއަދު ނިކުމެ ރައްޔިތުންނަށް އޮޅުވާލަން ވާހަކަދައްކަން ލަދުގަންނަންޖެހޭނެ ކަމަށާއި، ރައްޔިތުންނަކީ "ގަމާރު" ބައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ތަކެތީގެ އަގު ބޮޑުވެގެން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިކުންނެވިއިރު، މިއަދު އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީ ސަރުކާރުން ބެލުމެއްނެތި 8 ބިލިއަން ރުފިޔާ ޗާޕުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފައިސާ ޗާޕުކުރިއިރު ރައީސް ނަޝީދު އިންނެވީ މަޖިލީހުގެ ރިޔާސަތުގައި ކަމަށާއި، ޚަރަދުކުރީ ކޮން ކަމަކަށްތޯ ބެލުމެއްނެތި ފައިސާ ޗާޕުކުރަން ހުއްދަ ދެއްވީ އެމަނިކުފާނު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އޭރުވެސް ފައިސާ ޗާޕުކުރުމުން ދެން ވާނެ ގޮތް ކިޔައިދީ، ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލީ ޕީއެންސީގެ މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވަނީ ފަނާކުރުމުގެ ފިކުރަށް ފުރުޞަތު ނުދީ، ސިޔާސީ ހަމަޖެހުން ޤާއިމުކޮށްދެއްވައި ފުރިހަމަ ގޮތުގައި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދެއްވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ބިނާކުރުމުގެ ފިކުރަށް" ފުރުޞަތު ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ރައީސް މުޢިއްޒުގެ މި ދައުރު ނިމޭއިރު، އެންމެ ގިނަ ހައުސިންގ މަޝްރޫޢުތަކާއި، ބިންހިއްކުމުގެ މަޝްރޫޢުތަކާއި، އެއަރޕޯޓް އެޅުމުގެ މަޝްރޫޢުތައް ހިމެނޭހެން ތަރައްޤީގެ މަޝްރޫޢުތައް ރެކޯޑް މިންވަރަކަށް ކާމިޔާބުކަމާއެކު ނިންމަވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC