
ޕީއެންސީ ބައިބައިކޮށް، ލީޑަރުން އެކަހެރިކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، ޝިޔާމް އިދިކޮޅަށް ގޮވާލެއްވީ ޒިންމާދާރުވާން!
# އަހުމަދު ޝިޔާމް-
އިދިކޮޅު ޕީއެންއެފްގެ އިސް ހަރަކާތްތެރިއެއް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަޙްމަދު މުޞްޠަފާ، ވެރިކަންކުރާ ޕީއެންސީގެ އެތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ބޮޑެތި ރޭވުންތަކެއް ރޭވެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކަށް ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މުޞްޠަފާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުން ރައީސް މުޢިއްޒު ދުރުކޮށް، އެހެން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ޕީއެންސީގެ އެތެރޭގައި ފެށިފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
މުޞްޠަފާގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ، ޕާޓީގެ އެތެރޭގެ ބާރުތައް ކަނޑުވާލުމަށްޓަކައި ޣައްސާން މައުމޫނާއި، މޫސާ ޒަމީރާއި، އާދަމް ޝަރީފް ފަދަ ލީޑަރުން ރައީސް މުޢިއްޒު އެކަހެރި ކުރައްވަމުންދާ ކަމަށެވެ. އަދި މިނިސްޓަރ ޒަމީރު ޕީއެންސީގެ ނައިބު ރައީސްކަމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ނަމަވެސް، ރައީސް އެ މަޤާމު އޭނާއަށް ނުދެއްވާނެ ކަމަށާއި، ދެން އޮތީ އަޙްމަދު ޝިޔާމާއި ޢަބްދުއްރަޙީމް (އަދުރޭ) އެކަހެރިކޮށްލުން ކަމަށްވެސް ބުނެފައިވެއެވެ. އެޕާޓީން އަވަސް އަރުވާލައިގެން ބާއްވާ ކޮންގްރެސްއަކީ ޕީޕީއެމްގެ ނުފޫޒުގަދަ ލީޑަރުންގެ އަގުވައްޓާލަން ހިންގާ ޖަރީމާއެއް ކަމަށާއި، ބިރުދެއްކުމަކުން މި ފެށުނު ހަރަކާތް ނުހުއްޓުވޭނެ ކަމަށް މުޞްޠަފާގެ ޕޯސްޓުގައި ބުންޏެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި "އެކްސް" ގައި މިނިސްޓަރު އަޙްމަދު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮގު ޚަބަރުތަކުން ފުރިގެންވާ ޕޯސްޓުތަކެއްގެ ސަބަބުން ޕީއެންސީގެ ސަފުތައް ބައިބައިކޮށްލެވޭނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ.
ޕީއެންސީގެ މުޅި ލީޑަރޝިޕް އޮތީ އެއްވެސް ރޫޅުމެއް ނެތް ފަދަ ބަދަހިކަމަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ސީދާ އެއް ވިސްނުމެއްގައި ކަމަށް ޝިޔާމް ކަށަވަރުކޮށްދެއްވިއެވެ.
ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށްޓަކައި ހޯދަމުންދާ ހަލުވި ކުރިއެރުންތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް އެއްވެސް ބުރޫއެއް ނޭރޭނެއެވެ. ސަބަބަކީ ސަރުކާރާއި ޕާޓީގެ މުޅި ޓީމު މިވަގުތު ސައްތަކުން ސައްތަ ފޯކަސް ހުރީ ރައްޔިތުންނަށް ވެވަޑައިގެންނެވި ބޮޑެތި ވަޢުދުތައް ފުއްދައި، ނަތީޖާ ނެރުމަށް ކަމަށްވާތީއެވެ.
ޝިޔާމް ވަނީ އިދިކޮޅު ފަރާތްތަކަށް ނަޞޭޙަތްތެރިވަމުން، ޤައުމުގެ ހަމަޖެހުމަށްޓަކައި މިއަށްވުރެ ޒިންމާދާރު ރައްޔިތަކަށް ވުމަށް އިލްތިމާސްކުރައްވައި، ދޮގު ޕްރޮޕަގަންޑާ ހުއްޓާލުމަށް ގޮވާލައްވައިފައެވެ.
ގުޅުންހުރި

ޕީއެންސީ ބައިބައިކޮށް، ލީޑަރުން އެކަހެރިކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، ޝިޔާމް އިދިކޮޅަށް ގޮވާލެއްވީ ޒިންމާދާރުވާން!
.webp&w=3840&q=75)
މިވަގުތު ބަލަންވީ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ އައު ގޮތްތައް އީޖާދުކުރުމަށް - ޝިޔާމް

އުފެއްދުންތައް ނެގުމަށްފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި: ޝިޔާމް




