
އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު 4.7 ޕަސެންޓް ދަށަށް
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް# ފްލައިޓް# އެމްއެމްއޭ# އިންޓަނޭޝަނަލް ފްލައިޓްފްލައިޓް
މިއަހަރުގެ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު 4.7 ޕަސެންޓް ދަށަށް ގޮސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 6 މަހު ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު 8،393 އަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މޫވްމެންޓްތަކުގެ އަދަދަކީ 8،807 އެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޓަނޭޝަނަލް ފްލައިޓް ދަތުރުތަކުގެ ތެރެއިން ޝެޑިއުލް ފްލައިޓްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކުގެ އަދަދު މި އަހަރުވަނީ އިތުރުވެފަ އެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް އައިއިރު އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 7،352 ފްލައިޓް މޫވްމެންޓް ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތައް ކުރިއިރު، 1،041 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި މި އަހަރުގެ މި މުއްދަތުގައި ޝެޑިއުލް ފްލައިޓް ދަތުރުތަައް ހުރީ 8،088 ގަ އެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކުގެ އަދަދު ހުރީ 719 ގަ އެވެ.






