logoEN
WAMCO TOP 1
ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ އެމްއާރުއާރު %11 އަށް މަތިކޮށް، އަންނަ އަހަރު %13 އަށް ބޮޑުކުރަނީ

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ އެމްއާރުއާރު %11 އަށް މަތިކޮށް، އަންނަ އަހަރު %13 އަށް ބޮޑުކުރަނީ

އަހުމަދު ޝުރާއު

logo

8/7/2026, 3:58:43 AM

# އެމްއެމްއޭ

-

ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ފައިސާގެ މިންވަރު ކޮންޓްރޯލްކޮށް މަދުކުރުމަށްޓަކައި، ބޭންކުތަކުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަރމެންޓް (އެމްއާރުއާރު) %10.5 އިން %11 އަށް މަތިކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމައިފިއެވެ.

THE TRAVELLER AD

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މަނިޓަރީ ޕޮލިސީއަށް ގެނެވުނު މި ބަދަލާއެކު ކޮންމެ ތިން މަހަކުން އެމްއާރުއާރު ރިވިއުކުރަމުން ދާނެއެވެ.

އަދި މި ރިވިއުތަކަށްފަހު، ކުރިއަށްއޮތް 2027 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު %13 އަށް އިތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ.

އެމްއާރުއާރަކީ ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ޖަމާވާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް ސީދާ އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެވެ. މީގެ އިތުރުން، އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) 10 ބޭސިސް ޕޮއިންޓަށް ފުޅާކުރުމަށްވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތައް އަޅަން ޖެހުނީ ނިމިދިޔަ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ސަސްޕެންޑްކޮށް، ތިން އަހަރު ތެރޭ 8.2 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެންނެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޯއެމްއޯ މެދުވެރިކޮށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ބޭންކިންގ ނިޒާމުން ނަގާފައިވާއިރު، ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.

ކޮމެންޓް
ފަހުގެ
HDC