logoEN
WAMCO TOP 1
އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު އިތުރުވެއްޖެ

އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު އިތުރުވެއްޖެ

# އެމްއެމްއޭ# ލޯނު

އަމިއްލަ ފަރާތަކުން ހިންގާ ރިސޯޓެއް

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

THE TRAVELLER AD

އެމްއެމްއޭއިން އާންމުކޮށްފައިވާ ޖުލައި މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ މެއި މަހު ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނާއި އެހެނިހެން ފައިނޭންސް ކުރިއަރާފައިވާ މިންވަރުން 14 އިންސައްތައިން 15 އިންސައްތައަށް ޖޫން މަހުގައި ވަނީ އިތުރުވެފަ އެވެ.

ހަމައެއާއެކު އިގްތިސޯދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ އިމާރާތްކުރުމާއި، އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއަށް ދޫކޮށްފައިވާ ކްރެޑިޓް 2026 ޖޫން މަހުވެސް ވަނީ އިތުރުވެފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއިން 48 އިންސައްތަ ކުރިއަރާފައިވެ އެވެ. މިއީ އަހަރީ ގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުރިއެރުމެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ބޭންކުތަން ދޫކުރާ ކްރެޑިޓްގެ ބޮޑު ހިއްސާއެއް އަދިވެސް ފަތުރުވެރިކަމުގެ ދާއިރާގައި އޮތްއިރު، ޖުމްލަ ކްރެޑިޓްގެ އިންސައްތައަކީ 32 އެކެވެ. މިކަމުގެ ސަބަބަކީ އަލަށް ރިސޯޓު ތަރައްގީކުރުމަށާއި، ގެސްޓްހައުސްތަކަށާއި، އަދި ރިސޯޓުތައް މަރާމާތުކޮށް ތަރައްގީކުރުމަށް ދޫކުރި ފައިސާ އިތުރުވުމާ ގުޅިގެންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް އަހަރީ ގޮތުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެހެނިހެން އިމާރާތްކުރުމުގެ ގިންތިތަކަށް ދޫކުރި ފައިސާ އިތުރުވެފައިވާއިރު، ދިރިއުޅޭނެ ގެދޮރު ނުވަތަ ހައުސިންގް މަޝްރޫއުތަކަށް ދޫކުރި ލޯނުތައްވެސް މި ކުރިއެރުމުގައި ހިމެނެ އެވެ.

ކޮމެންޓް
ފަހުގެ
HDC