
ކުރޫޒްތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ
# ޓޫރިޒަމް މިނިސްޓްރީ# ޓޫރިސްޓުން# ކްރޫޒްލައިންތައްރާއްޖެއައި ކްރޫޒްއެއް
މިއަހަރު ކްރޫޒްތަކުން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ދެ ގުނައަށްވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 15،500 ޓޫރިސްޓުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރު އައި 8،000 ޓޫރިސްޓުންނާއި އަޅާބަލާއިރު ގާތްގަނޑަކަށް 87 އިންސައްތަ ކުރިއެރުމެކެވެ.
މިއަހަރު ކްރޫޒްލައިނާތަކުން އެންމެ ގިނައިން އައިސްފައިވަނީ ފެބްރުއަރީ މަހުގަ އެވެ. އެއީ 5،000 އަށްވުރެ ގިނަ ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު އެ މަހުގައި އައިސްފައިވަނީ 600 އެއްހާއި ޓޫރިސްޓުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން މާޗް މަހުގައި އައިސްފައިވާއިރު، އެއީ 4،000 ޓޫރިސްޓުންނެވެ.
ނަމަވެސް ކްރޫޒްލައިނާތަކުން އައި ޓޫރިސްޓުން އިތުރުވި ނަމަވެސް، މި އަހަރުގެ މިހާތަަށް ރާއްޖެ އިއިސްފައިވާ ޓޫރިސްޓުން މިދިޔަ އަހަރަށްވުރެ މި އަހަރުވަނީ ދަށްވެފަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ޓޫރިސްޓުން ޒިޔާރަތްކުރި އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 1.3 މިލިޔަން ޓޫރިސްޓުން އައިސްފައިވާއިރު، މިއީ 4.5 އިންސައްތަ ވެއްޓުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ޓޫރިސްޓުން އައި މިންވަރު ބޮޑު ތަނުން ދަށަށް ގޮސްފައިވީނަމަވެސް ޖެނުއަރީ، ފެބްރުއަރީ އަދި މެއި މަސް ފިޔަވައި ދެން ހުރި މަސްތަކުގައި ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ ވަނީ އިތުރުވެފަ އެވެ.



.jpg&w=3840&q=75)


