.jpg&w=3840&q=75)
ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،036،558 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން ރާއްޖެ އައި ފަތުރުވެރިންގެ 71.8% ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުގަ އެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 727،709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުގަ އެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓެއް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދުގެ %67 ހިއްސާކުރަނީ ރިސޯޓްތައްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގަ އެވެ. އެއީ، 238،417 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު 923 ގެސްޓްހައުސް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ.މި މުއްދަތުގައި ހޮޓެލްތަކުގައި 24،978 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 21،008 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:
* ޗައިނާ: 162،305 ފަތުރުވެރިން* ރަޝިއާ: 144،552 ފަތުރުވެރިން* އިނގިރޭސިވިލާތް: 84،787 ފަތުރުވެރިން* އިޓަލީވިލާތް: 72،802 ފަތުރުވެރިން* ޖަރުމަނުވިލާތް: 65،888 ފަތުރުވެރިންރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ވައިގެ މަގުން 1،021،711 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ، 1،009،074 ފަތުރުވެރިންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރިސޯޓުތަކުގައި 7 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

ވީއައިއޭއަށް އައި ފަސިންޖަރުންގެ އަދަދު މިލިޔަނަކަށްވުރެ އިތުރުވެއްޖެ

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި




