
ވީއައިއޭއަށް އައި ފަސިންޖަރުންގެ އަދަދު މިލިޔަނަކަށްވުރެ އިތުރުވެއްޖެ
# ފަތުރުވެރިން# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# ޓޫރިޒަމް މިނިސްޓްރީވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް- ފޮޓޯ: ގާފު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއައި ފަސިންޖަރުންގެ އަދަދު 1 މިލިޔަނަށްވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 1،028،549 ފަސިންޖަރުންގެ ތެރެއިން 97.3% އެވެ.
މީގެތެރެއިން ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ.
ވަކިވަކި އެއާޕޯޓްތަކަށް އައި މީހުންގެ އަދަދު:
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: 1،00،134 ފަސިންޖަރުން
- ގަން އިންޓަނޭޝަނަލް އެއާޕޯޓް: 4،057 ފަސިންޖަރުން
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: 3،525 ފަސިންޖަރުން
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: 2،394 ފަސިންޖަރުން
- ވިލާ އިންޓަނޭޝަނަލް (މާމިގިލި): 1،858 ފަސިންޖަރުން
- ދާލު އެއާޕޯޓް: 825 ފަސިންޖަރުން
އެވްރެޖްކޮށް މިހާރު ރާއްޖެއަށް 5،980 ފަތުރުވެރިންނަށް އަންނައިރު، އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތަކަށް ބަލާލާއިރު:
* ޗައިނާ: 160،811 ފަތުރުވެރިން* ރަޝިއާ: 143،161 ފަތުރުވެރިން* އިނގިރޭސިވިލާތް: 84،545 ފަތުރުވެރިން* އިޓަލީވިލާތް: 72،561 ފަތުރުވެރިން* ޖަރުމަނުވިލާތް: 65،504 ފަތުރުވެރިންޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރިސޯޓުތަކުގައި 721،2060 ފަތުރުވެރިން ޗުއްޓީ ހޭދަކުުރުމަށް ޒިޔާރަތްކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 237،168 ފަތުރުވެރިން، ހޮޓެލްތަކުގައި 24،816 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 20،922 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.





