logoEN
WAMCO TOP 1
އަސްލު ކެރެކްޓަރުންނާ ދާދި އެއްގޮތް: ޑިޒްނީގެ 'ޓޭންގްލްޑް ލައިވް-އެކްޝަން' އަށް ބޮޑު ތަރުހީބެއް!

އަސްލު ކެރެކްޓަރުންނާ ދާދި އެއްގޮތް: ޑިޒްނީގެ 'ޓޭންގްލްޑް ލައިވް-އެކްޝަން' އަށް ބޮޑު ތަރުހީބެއް!

ސާރާ އަހުމަދު

logo

8/7/2026, 2:50:37 PM

# ހޮލީވުޑް

--

ޑިޒްނީއިން މިހާރު އުފައްދަމުން އަންނަ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ލައިވް-އެކްޝަން ފިލްމު "ޓޭންގްލްޑް" ގެ ސެޓުން ނަގާފައިވާ އައު ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކުވެ، ފޭނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފިއެވެ.

THE TRAVELLER AD

ސްޕެއިންގައި ކުރިއަށްދާ ޝޫޓިންގގެ ތެރެއިން ލީކުވި މި ފޮޓޯތަކުން، ލީޑު ރޯލުތަކުން ފެނިގެންދާ ޓީގަން ކްރޮފްޓް އަދި މައިލޯ މެންހައިމް ފުރަތަމަ ފަހަރަށް ކެރެކްޓަރގެ ގޮތުގައި ތިއްބާ ފެނިގެންދެއެވެ.

މި ފޮޓޯތަކުން ފެންނަ ގޮތުގައި ރެޕަންޒެލްގެ ރޯލު ކުޅޭ ޓީގަން ކްރޮފްޓް ހުރީ 2010 ގެ އެނިމޭޓެޑް ފިލްމުގައިވެސް ފެންނަ ފަދަ މަޝްހޫރު ދަނބު ކުލައިގެ ހެދުމުގައެވެ. އަދި އޭނާގެ އިސްތަށިގަނޑުވެސް ހުރީ ރެޕަންޒެލްގެ ދިގު ރަން އިސްތަށިގަނޑާ އެއްގޮތަށެވެ.

View post on Twitter

ހަމައެއާއެކު، ފްލިން ރައިޑަރގެ ރޯލުން ފެންނަ މައިލޯ މެންހައިމް ނޫކުލައިގެ ކޯޓަކާއި ބޫޓަކާއެކު ފެނިގެންދިޔައިރު، ފޭނުން ދަނީ މި ދެ ތަރިންގެ ލުކް އަސްލު ކެރެކްޓަރުންނާ ވައްތަރުކަމުން އެކަމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

View post on Twitter

މި ދެ ތަރިންގެ އިތުރުން، ފިލްމުގެ އެންމެ ނުލަފާ ކެރެކްޓަރ ކަމަށްވާ "މަދަރ ގޯތެލް" ގެ ރޯލުން ފެނިގެންދާ ކެތްރިން ހާން ވެސް ކަޅު ކުލައިގެ ބޮޑު އިސްތަށިގަނޑަކާއެކު ކޮސްޓިއުމްގައި ހުއްޓާ ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

View post on Twitter

ސެޓުން ލީކުވި މަންޒަރުތަކުން، ޑިޒްނީއިން މި ފިލްމު އުފެއްދުމުގައި ހަމައެކަނި ކޮމްޕިއުޓަރ ގްރެފިކްސް ބޭނުންކުރުމުގެ ބަދަލުގައި، އަސްލު ބޮޑެތި ސެޓުތައް ހަދައިގެން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

"ދަ ގްރޭޓެސްޓް ޝޯމަން" ގެ ޑައިރެކްޓަރ މައިކަލް ގްރޭސީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގ މިވަގުތު ސްޕެއިންގައި ކުރިއަށްދާއިރު، މި ފިލްމު ސިނަމާތަކަށް އަންނާނީ 2028 ވަނަ އަހަރު ކަމަށް ލަފާކުރެވެއެވެ. ރަސްމީ ރިލީޒް ޑޭޓެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް، މި ފޮޓޯތަކާއެކު ޓޭންގްލްޑް ލައިވް-އެކްޝަން ފިލްމަށް ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރު ވަނީ އިތުރުވެގެން ގޮސްފައެވެ.

ކޮމެންޓް
ފަހުގެ
HDC