logoEN
WAMCO TOP 1
"ދަ ޕްރިންސެސް އެންޑް ދަ ފްރޮގް" ގެ ލައިވް-އެކްޝަން ފިލްމެއް އުފައްދަނީ!

"ދަ ޕްރިންސެސް އެންޑް ދަ ފްރޮގް" ގެ ލައިވް-އެކްޝަން ފިލްމެއް އުފައްދަނީ!

ސާރާ އަހުމަދު

logo

7/21/2026, 4:00:36 PM

# ހޮލީވުޑް

--

ޑިޒްނީއިން 2009 ވަނަ އަހަރު ނެރުނު މަގުބޫލު އެނިމޭޓެޑް ފިލްމު "ދަ ޕްރިންސެސް އެންޑް ދަ ފްރޮގް" ގެ މައި ކެރެކްޓާ ކަމަށްވާ ޕްރިންސެސް ޓިއާނާގެ މައްޗަށް ބިނާކޮށް ލައިވް-އެކްޝަން ފިލްމެއް އުފެއްދުމުގެ މަސައްކަތް ޑިޒްނީއިން ވަނީ ފަށާފައެވެ.

THE TRAVELLER AD

ރިޕޯޓުތައް ބުނާގޮތުގައި ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓް ކޯ-ރައިޓް ކުރުމަށްޓަކައި އެމީ އަދި އޮސްކާ ނޮމިނީ އެކްޓަރު/ރައިޓަރު ކޯލްމަން ޑޮމިންގޯ އާއި ޑިރެކްޓަރު ރޮބަޓް އޯހާރާއާއެކު ޑިޒްނީއިން އަންނަނީ މަޝްވަރާކުރަމުންނެވެ.

މި ފިލްމަކީ ކުރީގެ އެނިމޭޓެޑް ފިލްމު ހުރިގޮތަށް އަލުން ލައިވް-އެކްޝަނަށް ބަދަލުކުރާ "ރީމޭކް" އެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ޕްރިންސެސް ޓިއާނާގެ ކެރެކްޓާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ އޮރިޖިނަލް "ސްޕިން-އޮފް" ވާހަކައެކެވެ.

އެނިމޭޓެޑް ފިލްމުގައި ޓިއާނާގެ ކެރެކްޓާއަށް އަޑުއަޅައިދީފައިވަނީ އަނީކާ ނޯނީ ރޯސްއެވެ. ޝެފެއްގެ ގޮތުގައި އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ ހުވަފެން ދެކެމުންދިޔަ ޓިއާނާ، ފެނިގެންދިޔަ މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

ޑިޒްނީއިން ދާދިފަހުން ނެރުނު ބައެއް ލައިވް-އެކްޝަން ރީމޭކްތަކަށް ބޮކްސް އޮފީހުގައި އެދެވޭ ތަރުހީބެއް ނުލިބުމާ ގުޅިގެން، ކްލެސިކް ވާހަކަތައް ހުރިގޮތަށް އަލުން ހެދުމުގެ ބަދަލުގައި މިފަދަ ތަފާތު ސްޕިން-އޮފް އޮރިޖިނަލް ކޮންސެޕްޓްތަކަށް ޑިޒްނީއިން އިސްކަންދޭން ވަނީ ފަށާފައެވެ.

މިއީ އަދި ތަރައްގީކުރުމުގެ އެންމެ ކުރީގެ މަރުހަލާގައި އޮތް ޕްރޮޖެކްޓެކެވެ.

ކޮމެންޓް
ފަހުގެ
HDC