logoEN
WAMCO TOP 1
ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އަހުމަދު ޝުރާއު

logo

8/6/2026, 10:46:30 AM

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ކުރިއަސް ގެންދިޔަ ތަމްރީނު ޕްރޮގްރަމް ނިންމާލައިފިއެވެ.

THE TRAVELLER AD

2026 އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވަ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން އިނގިރޭސިބަހުން ކުރިއަށްގެންދެވި މި ތަމްރީނު ޕްރޮގްރާމުގައި، ތިއަރީ އަދި އަމަލީ މަސައްކަތްތައް ހިމެނިފައިވެއެވެ. މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ މެނޭޖްކުރާނެ ގޮތްތަކެވެ. މީގެ އިތުރުން، ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ޙަމަލާދޭ ސޫފިތަކެއް ކަމަށްވާ "އެސިކޯޑްސް ހިސްޕިނާރަމް'' އާއި ''ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ'' އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ލެބޯޓްރީގައި ކުރިއަށްދާ ފަންނީ މަސައްކަތްތައް ބައިވެރިންނަށް ދައްކާލައި، އެކަމުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ތަމްރީނަކީ ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ ނިޒާމު ފުޅާކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގައި ދަނޑުވެރިންނާއި، ކައުންސިލްތަކުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއެކު ޖުމްލަ 50 ފަރާތަކުން މި ޕްރޮގްރާމް ފުރިހަމަކުރިއެވެ.

ކޮމެންޓް
ފަހުގެ
HDC