logoEN
WAMCO TOP 1
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ނިންމާލައި، އެންމެ ރަނގަޅު ދިރާސާތަކަށް އެވޯޑު ދީފި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ނިންމާލައި، އެންމެ ރަނގަޅު ދިރާސާތަކަށް އެވޯޑު ދީފި

އަހުމަދު ޝުރާއު

logo

8/6/2026, 5:45:54 AM

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ގުޅިގެން ބޭއްވި ހަވަނަ "މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް 2026" (އެމްއެމްއެސްއެސް 2026) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މި ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ، ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، ސައިންޓިފިކް ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަ

ދި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމަކަށް ކަނޑުގެ ދިރާސާވެރިންނާއި ސައިންސްވެރިން ބިނާކުރުމަކީ މާދަމާގެ ޤުދުރަތީ ތަނަވަސްކަން ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ސިމްޕޯސިއަމް ނިންމާލާފައިވަނީ، ހުށަހެޅުނު ޢިލްމީ ދިރާސާތަކުގެ ތެރެއިން އެންމެ މެޝްހޫރު އަދި ފާހަގަކޮށްލެވޭ އެންމެ މޮޅު ތިން "އޯރަލް ޕްރެޒެންޓޭޝަން" އާއި އެންމެ މޮޅު ތިން "ޕޯސްޓަރ ޕްރެޒެންޓޭޝަން" ހުށަހެޅި ފަރާތްތަކަށް އެވޯޑު ހަވާލުކުރުމަށްފަހުއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ މި ސިމްޕޯސިއަމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ބައިވެރިވި ހުރިހާ ދިރާސާވެރިންނަށާއި، ބައިވެރިންނަށް އަދި އެހީތެރިވެދިން މުއައްސަސާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ސިމްޕޯސިއަމްއަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށާއި، ދާއިރާގެ މަޢުލޫމާތު ބަދަލުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC