
ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސްޕްލާންޓް އއ. އުކުޅަހުގައި ތަރައްޤީކުރަނީ
# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ އައިސްޕްލާންޓް އއ. އުކުޅަހުގައި އެޅުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ގާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަހުގައި ގާއިމުކުރާ 5 ޓަނުގެ މި އައިސްޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. އަދި ޅެހި ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިޤްބާލްއެވެ.
މިއީ ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރުން އަޅާ ކުދި އައިސްޕްލާންޓުތަކުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ ފުރަތަމަ އައިސްޕްލާންޓެވެ. އެއްބަސްވުމުގައިވާ ގޮތުން، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި މި އައިސްޕްލާންޓުގެ މަސައްކަތް މުޅިން ނިންމައި ބޭނުންކުރަން ފެށޭނެއެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމުގެ މައްސަލައެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން، ރާއްޖޭގައި މިހާރު ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9,500 މެޓްރިކް ޓަނުން 25,000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންނެވެ.
ގުޅުންހުރި

ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސްޕްލާންޓް އއ. އުކުޅަހުގައި ތަރައްޤީކުރަނީ

ރުއްގަހަށް ޖެހޭ ބަލިތައް މަދުކުރުމަށް 'ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ރަސްމީކޮށް ހުޅުވުމަށް ވަޒީރު ޝިޔާމު ހަނިމާދޫއަށް!

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ނިންމާލައި، އެންމެ ރަނގަޅު ދިރާސާތަކަށް އެވޯޑު ދީފި




