
ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މެއިންޓެންނަންސް މަސައްކަތެއް މާދަމާ އަދި ހޮނިހިރު ދުވަހު ކުރަނީ
# ދިރާގުދިރާގު
ދިރާގުގެ ބިޒްސަން ސަޕޯޓް ސިސްޓަމްގެ މެއިންޓެންނަންސް މަސައްކަތެއް މާދަމާ އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ މާދަމާ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އާ ހަަމައަށް މުހިންމު މެއިންޓެންނަންސް މަސައްކަތެއް ކުރާ ވަގުތުތަކުގައި ބައެއް ހިދުމަތްތައް މެެދުކެނޑޭނެ ކަމަށެވެ.
އެ ވަގުތުތަކުގައި ދިރާގު އެޕް، މައި އެކައުންޓް އަދި މަމެން އެޕްގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ދިރާގުން ބުންޏެވެ. މީގެތެރޭގައި ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތައް، ބިލަށް ފައިސާ ދެއްކުން، އަދި ހިދުމަތްތައް އެކްޓިވޭޓްކުރުން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
ނަމަވެސް މި ވަގުތުތަކުގައި ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތައް ލިބިގެންދާނެކަމާއި، ކަސްޓަމަރުންނަށް ފޯނު ކޯލު، އެސްއެމްއެސް އަދި މޮބައިލް ޑޭޓާގެ ހިދުމަތްތައް ކުރިއެކޭ އެއްފަދައިންވެސް ލިބޭނެކަމަށެވެ.
ދިރާގުން ވަނީ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި، އިތުބާރަށް ޝުކުރު ދަންނަވާފަ އެވެ.
ގުޅުންހުރި

ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މެއިންޓެންނަންސް މަސައްކަތެއް މާދަމާ އަދި ހޮނިހިރު ދުވަހު ކުރަނީ

ޑީޖީޖީ X ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު - ފޯރިގަދަ މެޗުތަކަކަށް ފަހު "ދި ސްނީކީ ސްކުއެރަލްސް" މުބާރާތް ކާމިޔާބުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް މުޅިން ހިލޭ ބަލާލުމުގެ ފުރުސަތު
.jpg&w=3840&q=75)



