
--
މުނިފޫހިފިލުވުމުގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކަށް މި ހަފްތާއަކީ ވަރަށް ޚާއްޞަ ހަފްތާއެކެވެ. ސިނަމާތަކަށް ގޮސް ފިލްމު ބަލަން ބޭނުންވާ މީހުންނަށާއި، ގޭގައި ތިބެގެން އޯޓީޓީ ޕްލެޓްފޯމްތަކުން ފިލްމު ބަލަން ބޭނުންވާ ފަރާތްތަކަށްވެސް މި ހަފްތާގައި ތަފާތު ހިންދީ އުފެއްދުންތަކެއް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަފާތު ޖޯންރާތަކުގެ ފިލްމުތަކާއި ސީރީޒްތައް ހިމެނެއެވެ.

އޯ މައި ޑޯގް
"އޯ މައި ޑޯގް" އަކީ އަމިތު ރާއީ ޑައިރެކްޓްކޮށް، ޕަންކަޖް ތްރިޕާތީ ފަދަ ތަރިން ފެނިގެންދާ ފެމިލީ ޑްރާމާއެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ކުޑަކުއްޖަކާއި މަގުމަތީގައި އުޅޭ ކުއްތާއަކާ ދެމެދު އުފެދޭ ޚާއްޞަ އެކުވެރިކަމާއި، އިންސާނުންނާއި ޖަނަވާރުންނާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުން އެކަކު އަނެކަކަށް ލިބޭ އުފާވެރިކަމެވެ. މި ފިލްމު ސިނަމާތަކުގައ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އާރްޔަބަޓް ކާ ޒީރޯ
ކަމަލް ޗަންދްރާ ޑައިރެކްޓްކޮށް މާދަމާ ސިނަމާތަކަށް އަންނަ އަނެއް ފިލްމަކީ "އާރްޔަބަޓް ކާ ޒީރޯ" އެވެ. ހިމާންޝް ކޯލީ އާއި ޝިލްޕާ ޝިންޑޭ ފަަދަ ތަރިން ފެނިގެންދާ މި ފެމިލީ ކޮމެޑީ ޑްރާމާގައި ކިޔައިދެނީ، އަމިއްލަ ނަފްސަށް އިތުބާރުކުރަން ނޭނގޭ އުމުރުން 25 އަހަރުގެ ޒުވާނަކު، ދިރިއުޅުމުގެ ނާކާމިޔާބީތަކުން ފިލާވަޅު ލިބިގަނެ ކާމިޔާބީއާ ހަމައަށް ވާސިލުވާ ގޮތުގެ އިންސްޕަޔަރިންގ ވާހަކައެވެ.
މޭ ވާޕަސް އާއުންގާ
ނެޓްފްލިކްސްއިން ގެނެސްދޭ ޑައިރެކްޓަރ އިމްތިޔާޒް އަލީގެ "މޭ ވާޕަސް އާއުންގާ" އަކީ ދިލްޖީތު ދޮސާންޖް އަދި ނަސީރުއްދީން ޝާހް ފަދަ ކުޅަދާނަ ތަރިން ހިމެނޭ ފިލްމެކެވެ. އޭ.އާރް ރަޙްމާންގެ މިއުޒިކް ހިމެނޭ މި ފިލްމަކީ ކުޑައިރު ދިމާވި އަންހެންކުއްޖަކު މަތިން ހަނދާން ނައްތާނުލެވުނު ފިރިހެން ކުއްޖެއްގެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.
އޮޕަރޭޝަން ސަފޭދު ސާގަރް
ނެޓްފްލިކްސްއިން މާދަމާ ރިލީޒްކުރާ އަނެއް އުފެއްދުމަކީ އޮނީ ސެން ޑައިރެކްޓްކޮށް، ސިދާތު އަދި ޖިމީ ޝެރްގިލް ފެނިގެންދާ ވޯރ ޑްރާމާ ސީރީޒް "އޮޕަރޭޝަން ސަފޭދު ސާގަރް" އެވެ. މިއީ 1999 ވަނަ އަހަރު ހިނގި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ގޯލްޑަން އެރޯސް ސްކޮޑްރަންއިން ކުރިއަށްގެންދިޔަ ނުރައްކާތެރި މިޝަންތަކުގެ މައްޗަށް އުފައްދާފައިވާ ވެބް ސީރީޒެކެވެ.
ޕްރަހާރް
ރާޖްކުމާރު ރާއޯ، ވަމީގާ ގައްބީ އަދި ޖައިދީޕް އަހްލާވަތު ލީޑު ރޯލުން ފެނިގެންދާ "ޕްރަހާރް" އަކީވެސް މާދަމާ ސިނަމާތަކަށް އަންނަ މުހިންމު ފިލްމެކެވެ. އަވީނާޝް އަރޫން ޑައިރެކްޓްކޮށްފައިވާ މި ބަޔޯގްރަފިކަލް ޑްރާމާގައި ރާޖްކުމާރު ރާއޯ ފެނިގެންދާނީ އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކޯޓު ކޭސްތަކެއްގައި ވަކާލާތުކުރި މަޝްހޫރު ގާނޫނީ ވަކީލު އުޖްވަލް ނިކަމްގެ ރޯލުންނެވެ.



.jpeg&w=3840&q=75)


