logoEN
WAMCO TOP 1
އިމްރާން ހާޝްމީގެ 'އަވާރާޕަން 2' ގެ ޓްރެއިލަރ މިއަދު ރިލީޒްކުރަނީ

އިމްރާން ހާޝްމީގެ 'އަވާރާޕަން 2' ގެ ޓްރެއިލަރ މިއަދު ރިލީޒްކުރަނީ

ސާރާ އަހުމަދު

logo

8/6/2026, 10:05:02 AM

# ބޮލީވުޑް

--

ބޮލީވުޑްގެ ކާމިޔާބު ފިލްމު "އަވާރާޕަން" ގެ ދެވަނަ ބައި ކަމަށްވާ "އަވާރާޕަން 2" ގެ ޓްރެއިލަރ މިއަދު ރިލީޒްކުރުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފިއެވެ.

THE TRAVELLER AD

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ފުރަތަމަ ފިލްމުގައިވެސް މުހިންމު ރޯލެއް ކުޅުނު މަޝްހޫރު އެކްޓަރ އިމްރާން ހާޝްމީއެވެ.

ވިޝޭޝް ބަޓް އާއެކު އިމްރާން ހާޝްމީ އަނެއްކާވެސް މިވަނީ ބެލުންތެރިންނަށް ފޯރިގަދަ ފިލްމެއް ގެނެސްދިނުމަށް ތައްޔާރުވެފައެވެ. 2007 ވަނަ އަހަރު ނުކުތް "އަވާރާޕަން" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމަކަށްވާއިރު، މީގެ ދެވަނަ ބަޔަކީވެސް އެފަދަ ކާމިޔާބު ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ.

މިއަދު ޓްރެއިލަރ ނެރުމަށް ތައްޔާރުވެފައިވާއިރު، ފިލްމުގެ ކާސްޓުންނާއި ވާހަކައާ ގުޅޭ އިތުރު ތަފްސީލުތައް ޓްރެއިލަރއާއެކު ހާމަވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޚަބަރާއެކު އިމްރާން ހާޝްމީގެ ސަޕޯޓަރުންގެ މެދުގައި ފިލްމަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC