
ސްޕޯޓް ފިޝިންގ މެނޭޖްމަންޓް ޕްލޭން އެކުލަވާލަން ބާއްވާ ދެވަނަ ބައްދަލުވުން އަންނަ މަހު 15 ގައި: ރަޖިސްޓްރީވާން ހުޅުވާލައިފި
# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކާއި، ސްޕޯޓް ފިޝިންގްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ތިން ވަނަ ބައްދަލުވުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދައުވަތުދީފި އެވެ.

އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށްޓަކައި އެ ވުޒާރާއިން ބާއްވާ ޚާއްސަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓް ފިޝިންގްގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އަތޮޅުތަކުން މާލެ އަންނަ ބައިވެރިންގެ ދަތުރުފަތުރުގެ ހަރަދު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ކުރިން، އެ ވުޒާރާއިން އާންމުކޮށްފައިވާ އޮންލައިން ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެދެއެވެ.
ގުޅުންހުރި

ސްޕޯޓް ފިޝިންގ މެނޭޖްމަންޓް ޕްލޭން އެކުލަވާލަން ބާއްވާ ދެވަނަ ބައްދަލުވުން އަންނަ މަހު 15 ގައި: ރަޖިސްޓްރީވާން ހުޅުވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދަރަނބޫދޫ ކައުންސިލުން ވަޒީރާ މަޝްވަރާކޮށްފި

ކުޑަފަރީގެ އައިސްޕްލާންޓުގެ މަޝްރޫއުއާއި އެރަށުގެ ރުއްގަހުގެ ބަލިތައް ހައްލުކުރަން މަޝްވަރާކޮށްފި




