
ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުން ޔޫއޭވީ އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
# ކަނޑުމަތީގެ ހާދިސާ# އެމްއެންޑީއެފްފޮޓޯ: އެމްއެންޑީއެފް
ގެއްލިގެން ހޯދަމުންދާ 3 މީހުން ހޯދުމަށްޓަކައި ވައިގެ މަގުން ޔޫއޭވީ އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުންދާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ 3 މީހުން ހޯދުމަށްޓަކައި ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުން ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ 23:22 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
މި ދޯނި ދަތުރުކުރަމުންދިޔައީ ހިލަޔާއި ހިލަވެލި ބަރުކޮށްގެންނެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުން ޔޫއޭވީ އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށް: އެމްއެންޑީއެފް

ގެއްލުނު މީހުން ހޯދަން 3580 ކިލޯ މީޓަރުގެ ސަރަހައްދެއް ބަލައިފި




