logoEN
WAMCO TOP 1
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށް: އެމްއެންޑީއެފް

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށް: އެމްއެންޑީއެފް

# ކަނޑުމަތީ ހާދިސާ# އެމްއެންޑީއެފް

ފޮޓޯ: އެމްއެންޑީއެފް

ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާ ގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

THE TRAVELLER AD

އެމްއެންޑީއެފުން ބުނީ ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާ ގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ދަނީ ކުރަމުން ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު މިހާރު ސަލާމަތްކުރެވިފައިވާއިރު، މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައެވެ.

ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ، ދޯނީގެ ގެ ކެޕްޓަން އާއި އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލަކެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC